ads
ޖެންޑާ މިނިސްޓަރު-- ފޮޓޯ: ޕީއެސްއެމް ނިއުސް
"ޑްރަގުގެ މައްސަލާގައި ޖަލަށްލާ މީހުންނަށް ފަރުވާދެވޭނެ ރަނގަޅު ނިޒާމެއް ނެތް"
މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލަށްލާ މީހުންނަށް ހުއްޓުމެއް ނެތި ފަރުވާދެވޭނެ ގޮތެއް އޮންނަން ޖެހޭ ކަަމަށް ގާނޫނުގައި އޮތަސް، އެކަން އެންމެ އެކަށީގެންވާ ގޮތަށް ކުރިއަށް ނުދާ ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން ކުރިއަށް ގެންދާ "ޖަޒީރާ ސައްލާ" ގެ މިއަދުގެ މަޝްވަރާ ބައްދަލުވުން އަލިއަޅުވާލާފައި ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގެ މައްޗަށެވެ.

އާންމު ރައްޔިތަކު ކުރި ސުވާލަކަށް ދެއްވި ޖަވާބުގައި މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އަދަދުތައް ގިނަވަމުން އަންނަ ކަމަށާއި ރާއްޖޭގައި 2012 ވަނަ އަހަރު އެންމެ ފަހުން މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އަންދާޒީ ރިޕޯޓާ އަޅާބަލާއިރު މިހާރު އެ އަދަދުތައް އިތުރުވެފައިވާ ކަމަށެވެ. 

އަދި މިހާރުގެ ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ހާލަތު ދެނެގަނެވެފައި ނުވާކަމަށާއި އެކަން ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން ކަމަށެވެ. 

މިފަހުން ގާނޫނަށް ގެނެވުނު ބަދަލުގައިވާ ގޮތުން ޖަލަށް މީހުންލާއިރު މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ހުރި މީހަކު ފަރުވާ ހޯދަން ބޭނުން ނުވެގެން ހުކުމަކާއެކު ޖަލަށްލާން ޖެހުން ނަމަވެސް އޭނާއަށް ފަރުވާ ލިބެންޖެހޭނެ ކަމަށް އޮންނަ ކަމަށެވެ. އަދިވެސް އެ ނިޒާމު ރަނގަޅަށް ގާއިމުކުރެވިފައި ނުވާކަން ފާހަގަކުރައްވާ ވިދާޅުވީ ހޯމް މިނިސްޓްރީން މިހާރު އަންނަނީ ކަރެކްޝަންސްއާއެކު އެކަމުގައި މަޝްވަރާކުރަމުން ކަމަށެވެ. 

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ހިދުމަތް ދިނުމުގައި މިހާރު ދެމުން އަންނަ ގޮތަށް ހިދުމަތްދޭން ގޮންޖެހުން ހުރިކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެގޮތުން އެންމެ ކުރީއްސުރެ ދެމުން އައި ގޮތަށް ރިހެބިލިޓޭޝަން ދިނުމުން ރަނގަޅުވޭތޯ ސުވާލުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

އަދި މިހާރު ދެމުންދާ ފަރުވާއިން މީހުން ރަނގަޅުވޭތޯ އެއީ ކުރެވިފައިވާ މަޝްވަރާއެއްކަން ފާހަގަކުރަމުން މިނިސްޓަރު ވިދާޅުވީ މިހާރު ޖެންޑާއިން މަސައްކަތް ކުރަމުން ދަނީ ތަފާތުގޮތަށް ފަރުވާ ދިނުމުގެ މަސައްކަތް ފެށުމަށް ކަމަށެވެ. އެގޮތުން މެޑިކަލް ޑިޓޮކްސިފިކޭޝަންގެ މަސައްކަތް ކުރެވެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް މެޑިކަލް ޑިޓޮކްސިފިކޭޝަންގައި ވެސް ވަރަށް ގިނަ ގޮންޖެހުންތަކެއް ފެންނަމުންދާކަން ފާހަގަކުރަމުން މިނިސްޓަރު ވިދާޅުވީ އެ ހިދުމަތް ދެވޭވަރުގެ ފެންވަރު ހުރި މީހުން ދިވެހި މުޖްތަމައުގައި މަދު ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް