ads
މިނިސްޓަރު އަލީ ވަހީދު----
ހައިކޯޓުގެ ރަޖިސްޓްރާގެ ނިންމުން އިސްތިއުނާފުކުރަނީ
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކުރަން ދައުލަތުން ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތުމުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފު ކުރަން ހުށަހަޅައިފި އެވެ.

އެ މައްސަލަ ހައިކޯޓުން ބަލައިގަނެފައި ނުވަނީ، ކްރިމިނަލް ކޯޓުގެ އަމުރު ނެރުމަށްފަހު އިސްތިއުނާފު ކުރަން ދީފައިވާ ވަގުތު ފާއިތުވި ފަހުން މައްސަލަ އިސްތިއުނާފު ކުރުމުން ކަމަށް ހައި ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އިސްތިއުނާފު ކުރުމަށް އޮންނަނީ 48 ގަޑިއިރެވެ. 

ހައިކޯޓުގެ ރަޖިސްޓްރާގެ ނިންމުން އިސްތިއުނާފު ކުރަން ދައުލަތުން ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު އެކަމުގައި އަދި ވަކި ގޮތެއް ނުނިންމަ އެވެ. ހައިކޯޓުގެ ރަޖިސްޓްރާ މައްސަލައެއް ބަލައިނުގަތުމަށް ނިންމައިފިނަމަ އެ ނިންމުން، ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކުރެވިދާނެ ކަމަށް ގަވާއިދުގައިވެ އެވެ. 

އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ފަހު ކޯޓުން އެ އަމުރު ބާތިލުކޮށް އަލުން ޕާސްޕޯޓް ހަވާލުކޮށްފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިމަހު 10 ގަ އެވެ.

މިކަމާ ގުޅިގެން ޕީޖީން ވަނީ ޕާސްޕޯޓް ދޫކުރާނެކަން އިއުލާންކުރީ ނުވައެއް ފެބްރުއަރީގައި ބޭއްވުނު އަޑުއެހުމެއްގައިކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ޕީޖީ އޮފީހަށް އެކަމުގެ ލިޔެކިޔުންތައް ލިބިފައި ވަނީ 11 ފެބްރުއަރީގައި ކަމަށާއި، ލިޔެކިޔުންތައް ލިބުނުއިރު އޭގައި އަމުރު ނެރުނު ކަމަށް ވަނީ 10 ފެބްރުއަރީގައިކަމަށް ވެސް ޕީޖީން ބުނެފައިވެއެވެ. 

މިމައްސަލާގައި މީގެކުރިންވެސް ކްރިމިނަލް ކޯޓަށް އިދާރީ ކުށެއް ޖެހިފައިވާކަން ވަނީ ފެންމަތިވެފައެވެ. އެގޮތުން ޕާސްޕޯޓު ދޫކޮށްލުމުގެ އަމުރު ނެރެފައިވަނީ ޕީޖީން އެދިގެންކަމަށް، ނުވަތަ އެ އަމުރަށް އެދިފައިވަނީ ޕީޖީން ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް އެ މައުލޫމާތަކީ ދޮގު މައުލޫމާތެއް ކަމަށާއި އެއީ ކްރިމިނަލް ކޯޓުގެ އިދާރީ ކުށެއްކަމަށް ޕީޖީން ވަނީ ފާހަގަކޮށްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް