ads
ކަންގަނާ، އޭނާގެ އޮފީހުގައި--
އިންޒާރު ލިބޭތީ ކަންގަނާއަށް އޮފީސް އަލުން އިމާރާތްނުކުރެވިފައި!
ގަވާއިދާ ހިލާފަށް ހިންގާ ތަނެއް ކަމަށް ބުނެ، ކަންގަނާ ރަނައުތުގެ އޮފީސް ތަޅާލީ، މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. މުމްބާއީއަށް ދިއުމަށް ފްލައިޓްގައި އިންދާ ކަންގަނާގެ އޮފީސް ތަޅާލިއިރު ގިނަ ބައެއްގެ ފާޑުކުޔުން ވަނީ އެކަމަށް އަމާޒުވެފަ އެވެ.

ކަންގަނާ ބުނާ ގޮތުގައި އޭނާގެ އޮފިސް އަލުން އިމާރާތްކުރަން ޑިޒައިންކޮށްދޭނެ މީހެއްވެސް ނުލިބިފައިވަނީ ލިބެމުންދާ އިންޒާރުތަކާ ހުރެ އެވެ. ބްރިހަންމުމްބާއީ މުނިސިޕަލް ކޯޕަރޭޝަނާ ދެކޮޅަށް ކަންގަނާ މައްސަލަ ހުށަހަޅާއި، މޮޅުވިއިރު ކަންގަނާ ބުނީ، އޭނާގެ އޮފީސް އިމާރާތްކުރަން މީހުން ދެކޮޅު ހަދަނީ، އެ ބައެއްގެ ލައިސެންސް ކެންސަލްކުރާނެ ކަމުގެ އިންޒާރު ލިބޭތީ ކަމަށެވެ. 

ގަވާއިދާ ހިލާފަށް އެތަން ތަޅާލިތާ މިހާރު ހަ މަސް ވެފައިވާކަން ވެސް ކަންގަނާ ފާހަގަކުރެ އެވެ.

އޮފީސް ތަޅާލުމުގެ ނޯޓިސް ވެސް ނުދީ ކުއްލިއަކަށް އެ އޮފީސް ސަރުކާރުން ތަޅާލަން މަސައްކަތް ކުރަމުންދާތީ ކަންގަނާގެ ލޯޔަރު ވަނީ އެތަން ތަޅާލުން ހުއްޓުވުމަށް އަމުރެއް ނެރެދިނުމަށް އެވަގުތު ކޯޓަށްވެސް ހުށަހަޅާފަ އެވެ. އެހެންނަމަވެސް ކޯޓުގެ އަމުރަކަށް މަޑުކުރުމެއްވެސް ނެތި އަވަސް އަރުވާލައިގެން ސަރުކާރުން އެތަން ވަނީ ތަޅާލާފައެވެ.

ކަންގަނާގެ އޮފީސް ތަޅާލީ ންޑިއާގެ ސިޔާސީ ޕާޓީއެއްގެ މީހަކާ މެދު ޖެހުނު މައްސަލައަކާ ގުޅިގެންނެވެ. އާއްމުންވެސް ބުނަމުންދަނީ ގަވާއިދާ ހިލާފަށް ހިންގާ ތަނެއް ކަމަށް ބުނެ ކަންގަނާގެ އޮފީސް ތަޅާލާފައިވަނީ ވެސް އެކަމުގެ ސަބަބުން ކަންގަނާގެ ކިބައިން ބަދަލުހިފުމުގެ ގޮތުން ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް