ads
ދުނިޔޭގެ އެންމެ މުސްކުޅި ދޫނީ ވިސްޑަމް:-
ދުނިޔޭގެ އެންމެ މުސްކުޅި ދޫނި އެޅި ބިސް ވިހައިފި
ދުނިޔޭގެ އެންމެ މުސްކުޅި ދޫނި އޭތީގެ އުމުރުން 70 އަހަރުގައި އެޅި ބިސް ވިހައިފިވިއެވެ.

މިއީ އެ ދޫނި ބިސް އަޅައިގެން ވިހެއި 40 ވަނަ ފަހަރެވެ. 

އޮޅު ނޫން ދޫނިތަކުގެ ތެރެއިން އިންސާނުންނަށް މިހާތަނަށް ފާހަގަ ވެފައިވާ އެންމެ މުކުޅި ދޫނި ވިހައިފައިވަނީ ފެސިފިކް ކަނޑުގައި އޮންނަ މިޑްވެ ކިޔާ އަތޮޅެއްގައި އޮންނަ ރަށެއްގައެވެ. 

އެ ދޫންޏަކީ ލޭސަން އަލްބަޓްރޯސް ކިޔާ އާއިލާއަކަށް ނިސްބަތްވާ ދޫންޏެވެ. އެންމެ މުސްކުޅި ދޫންނަށް ދީފައިވާ ވަނަމަކީ "ވިސްޑަމް" އެވެ. 

މި ދޫންޏަކީ 1956 ވަނަ އަހަރުން ފެށިގެން، ސައިންސުވެރިން ފާހަގަކޮށް ފާރަވެރިވަމުން އަންނަ ދޫންޏެކެވެ. 

މި ދޫނީގެ ކަންކަން މިހާރު ފާރަވެރިވަމުން އަންނަނީ އެމެރިކާގެ ފިޝް އެންޑް ވައިލްޑް ލައިފްގެ ސާވިސް ގެ ފަރާތުންނެވެ. 

0%
ކަމުގޮސްފި
83%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް