ads
ދިވެހިރާއްޖޭގެ ހައިކޯޓު-
ހައިކޯޓުން ވެސް އުފަންދުވަސް ބަދަލުކޮށެއް ނުދިން!
އައިޑީ ކާޑާއި ޕާސްޕޯޓުގައި ތަފާތު ދެ އުފަން ދުވަހުގެ ތާރީހެއް އިނުމުން، ޕާސްޕޯޓުގައި ވާ ތާރީހަކީ ސައްހަ އުފަންދުވަސް ކަމަށް ކަނޑައަޅާއި ދިނުމަށް އެދި ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައެއްގައި، ދަށު ކޯޓުގެ ހުކުމް ހައި ކޯޓުން ދަމަހައްޓައިފި އެވެ.

މި މައްސަލައަކީ މީގެ ކުރިން ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ބަލާ، ހުކުމް ކޮށްފައިވާ މައްސަލައެކެވެ.

އެގޮތުން ހދ. ކުޅުދުއްފުށީގެ ރައްޔިތެއް ކަމަށްވާ އަހުމަދު މޫސާ ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް މި މައްސަލަ ހުށަހަޅާފައިވަނީ، އޭނާގެ ޕާސްޕޯޓުގައި އޭނާގެ އުފަން ތާރީހަކީ 11 ފެބުރުވަރީ 1955 ކަމަށް އޮވެ، އައިޑީ ކާޑުގައި އޭނާގެ އުފަން ތާރީހު 17 ނޮވެމްބަރު 1957ގެ ގޮތުގައި އޮތުމުން، އޭނާގެ ސައްހަ އުފަން ތާރީހަކީ 11 ފެބުރުވަރީ 1955 ކަމަށް ކަނޑައަޅާއި ދިނުމަށް އެދިއެވެ.

ނަމަވެސް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ވަނީ އަހުމަދު މޫސާގެ އައިޑީ ކާޑުގައިވާ އޭނާގެ އުފަން ތާރީހު ނުވަތަ އުފަން އަހަރަށް ބަދަލެއް ގެންނަން ޝަރީއަތުން އަންގަން ޖެހޭ ކަމެއް ނެތް ކަމަށް ބުނެ ހުކުމް ކޮށްފައެވެ.

އެއާއެކު މި މައްސަލަ އަހުމަދު މޫސާގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

އެގޮތުން އަހުމަދު މޫސާ ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް، ދަށު ކޯޓަށް ހުށަހެޅި ހެއްކާއި ގަރީނާއަށް ރިއާޔަތްކޮށް، އޭނާގެ އުފަން ތާރީހަކީ 11 ފެބްރުއަރީ 1955 ކަމަށް ކަނޑައަޅާ ދިނުމަށް އެދިފައެވެ. 

އެހެންނަމަވެސް ހައި ކޯޓުންވެސް ވަނީ، އަހުމަދު މޫސާގެ ފަރާތުން ހުށަހެޅި ނުކުރާތަކަށް ރިއާޔަތްކޮށް، ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ ހުކުމަށް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައަޅާ، ދަށު ކޯޓުގެ ހުކުމް ދަމަހައްޓާފައެވެ.

25%
ކަމުގޮސްފި
75%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް