ads
އައިޖީއެމްއެޗް---
ފުއްޕާމޭގައި ދެ އަހަރު ވަންދެން އޮތް ޕިނެއްގެ ބިރުވެރި ވީޑިއޯއެއް!
ފުއްޕާމޭގައި ދެ އަހަރު ވަންދެން އޮތް ޕިނެއްގެ ބިރުވެރި ވީޑިއޯއެއް އައިޖީއެމްއެޗުގެ ފުއްޕާމޭގެ ހާއްސަ ޑރ. މުހައްމަދު އިސްލާމާއިލް އާންމު ކުރައްވައިފިއެވެ.

އެ ޕިނަކީ ރާއްޖޭގައި ކުޑަ އަންހެންކުއްޖެއްގެ ފުއްޕާމޭގައި 2 އަހަރު ދުވަސް ވަންދެން އޮތް ޕިނެއްކަމަށް ވެސް ޑރ. ވަނީ ވިދާޅުވެފައެވެ.

އެ ކުއްޖާ ޕިން ދިރުވާލާފައިވަނީ އުމުރުން 10 އަހަރުގައެވެ. 

މި ޕިން އެ ކުއްޖާގެ ފުއްޕާމެއިން ނަގާފައިވަނީ އަންގާރަ ދުވަހުއެވެ. 

 އެ ޕިން ނެގުމުގައި މަސައްކަތް ކުރެއްވީ ފުއްޕާމޭގެ ހާއްސަ ދެ ޑޮކްޓަރުންކަމަށްވާ  ޑރ. މުހައްމަދު އިސްލާމާއިލް ގެ އިތުރުން ޑރ. މުހައްމަދު އަލީ އެވެ. 

އަނގައަށް ޕިން ލުމުގެ ސަބަބަބުން ދޭތެރެ ދޭތެރެއިން ޕިން ފުއްޕާމެއަށް ގޮސްގެން އައިޖީއެމްއެޗުން އޮޕަރޭޝަން ކުރެއެވެ. މިފަދަ ކަންކަމަށް ސަމާލުވުމަށް ވެސް އައިޖީއެމްއެޗުގެ ޑޮކްޓަރުން ދޭތެރެ ދޭތެރެއިން އަންނަނީ އިލްތިމާސް ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް