ads
ޮ ޕްރޮޕޯސް ކުރުމުގެ ތެރެއިން
ދޫންޏެއް މެދުވެރިކޮށް އިންނަން އެހިގޮތް ވަރަށް ސަޅި!
އާއްމުންގެ މީހަކު ޕަބްލިކް އިވެންޓެއްގެ ތެރެއިން ލޯބިވެރިޔާ ކައިރީ އިންނަން އެހި ގޮތުގެ ލޯބި ވީޑިއޯއެއް މިހާރު ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

އޭނާގެ ލޯބިވެރިޔާ ގާތުގައި އިންނަން އަހާފައިވަނީ "ރެޑް ޓެއިލް ބްލެކް ކޮކާޓޫސް" ދޫންޏެއް މެދުވެރިކޮށެވެ. "އުލީ" ނަމަކަށް ކިޔާ މި ދޫނީގެ ތަފާތު ހުނަރު ދައްކާލުމަށް ބޭއްވި ޕަބްލިކް އިވެންޓެއްގެ ތެރެއިން ދޫނީގެ އިންސްޓްރެކްޓަރު ވަނީ އުލީ އާއި ބައްދަލުކޮށްލަން ބޭނުންވަނީ ކާކުތޯ އެ އިވެންޓްގެ ބައިވެރިންގާތު އަހާފައެވެ. 

ކަން ދިމާކުރި ގޮތުން އުލީއާއި ބަންދަލުކުރަން ބޭނުންވެގެން އެންމެ ފުރަތަމަ ތެދުވެ އަތް ހޫރުވާފައިވަނީ އޭނާގެ ލޯބިވެރިޔާއެވެ. ދޫންޏާއި ބައްދަލުކޮށްލުމަށް ކެތް މަދުވެފައިވާ އޭނާގެ ލޯބިވެރިޔާއަށް މިއީ ބޯއިފްރެންޑް ދޭން އުޅޭ ސްޕްރައިޒެއް ކަމެއް އޭރު ރެއަކާ ނުލައެވެ. 

ދޫނީގެ އިންސްޓްރަކްޓަރު ވަނީ އޭނާ ގާތު އަތުގައި އޮތް ވޮލެޓުން ފަސް ރުފިޔާގެ ނޫޓެއް ނަގާފައި އުލީއަށް ދިއްކުރުމަށް އެދިފައެވެ. ސްޓޭޑިއަމްގައި ހުރި އޭނާގެ ލޯބިވެރިޔާ ވަގުތުން ފަސް ރުފިޔާގެ ނޫޓު ދިއްކޮލުމުން އެމީހުންނާއި މާދުރުގައި ދަނޑުމަތީ އިންސްޓްރަކްޓަރު ގެންގުޅުނު އެދޫނި ވަނީ އޭނަގެ ގާތަށް ގޮސް އަތުގައިވާ ނޫޓު ނަގައިގެން އައުމަށްފަހު އިންސްޓްރަކްޓަރާއި ހަވާލުކޮށްފައެވެ. އެޔަށްފަހު އިންސްޓްރަކްޓާ ވަނީ ރިސިޕްޓްގެ ގޮތުގައި އެ ދޫނި އަތަށް ގަނޑުކޮޅެއް ދިނުމަށްފަހު އެ ރިސިޕްޓް ކަސްޓަމަރާއި ހަވާލުކުރުމަށް އެދޭކަމަށް ބުނެފައެވެ. 

އެޔާއިއެކު ވަގުތުން އެ ރިސިޕްޓް ގެންގޮސް އެ އަންހެން ކުއްޖާގެ އަތަށް ލުމަށްފަހު ދޫނި އަނބުރާ އަނެއްކާ އިންސްޓްރަކްޓަރުގެ ގާތަށް ދާތަން ފެނެއެވެ. ވީޑިއޯއިން ދެން ފެންނަނީ އެ ގަނޑުކޮޅު ހުޅުވާލުމަށް އިންސްޓްރަކްޓަރު އެދޭ ތަނެއެވެ. 

ގަނޑުކޮޅުގައި ލިޔެވެފައިވާ އެއްޗަކުން ފަހަތަށް އެބުރިލާއިރު ފިރިހެން ކުއްޖާ އޭނަގެ ލޯބިވެރިޔާ ގާތު އިންނަން އަހާ މަންޒަރު ފެނެއެވެ.

 

ލޯބިވެރިޔާ މިފަދަ ގޮތަކަށް އިންނަން އެހުމަކީ ހަމަގައިމުވެސް ކޮންމެ އަންހެން ކުއްޖަކުވެސް ބޭނުންވާނެ ކަމެއްކަން ގައިމެވެ. މި ވީޑިއޯ މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު، މިފަދަ ތާފުތު މޮޅު ގޮތްގޮތަށް  އިންނަން އަހާ ވީޑިއޯތައް މީގެ ކުރިންވެސް ވަނީ ވައިރަލް ވެފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް