ads
ޝާހް އާއި ޖަނަކް-
ޖަނަކް މިހާރު އުޅެނީ ކީއްކުރަން ކަން އިނގޭތަ؟
ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކް ހާން އާއެކު ފިލްމަކުން ފެނިގެންދިޔަ މީހަކު ހަނދާނުން ފޮހެލުން އެއީ އެހާ ފަސޭހަ ކަމަކަށް ނުވާނެ އެވެ. ފިލްމު ކަލް ހޯނަ ހޯ ގަ މޮޅު އެކްޓިން އެއް ދެއްކި ޖިއާގެ ރޯލުން ފެނިގެންދިޔަ ޖަނަކް ޝުކްލާ މިހާރު އުޅެނީ ކިހިނެތް ތޯ އެފިލްމު ބެލި ކޮންމެ މީހެއްގެ ހިތައްވެސް އަރާނެ އެވެ.

ދާދި ފަހުން ބްރަޓް އިންޑިއާ އަށް ދިން ވީޑިއޯ އިންޓަވިއުއެއްގައި ޖަނަކް ވަނީ އޭނާ އެކްޓިން ކުރުމާ ދުރަށް ދިޔައީ ކީއްވެ ކަން އަދި ކިހިނެތް ކަން ވެސް ކިޔާދީފައެވެ. 

ކަލް ހޯނަ ހޯ އިން ފެނިގެން ދިޔަ ޖަނަކް އަށް މިހާރު 25 އަހަރު ފުރިފައިވާއިރު އޭނާ ވަނީ ފިލްމު ކުޅުން ހުއްޓާލާފަ އެވެ.

ޖަނަކް ބުނީ އޭނާ އަށް 15 އަހަރު ފުރުނު އިރު އިރު ވަރަށް ބައިވަރު މަސައްކަތް ކުރެވިފައި ހުރި ކަމަށެވެ. އެހެން ކަމުން އޭނާ ބޭނުންވީ ހުރިހާ ކަމަކުން ބްރޭކެއް ނަގަން ކަމަށް ޖަނަކް ބުނެއެވެ.

your imageޖަނަކް އެހާރާ މިހާރު

ބްރޭކް ނެގި ހިސާބުން ފެށިގެން އެކްޓިން ކެރިއަރު ނިމުނީ ކަމަށް ކަނަކް ބުނެއެވެ.

ސިޓްކޮމްގެ ކަރިޝްމާ ކަ ކަރިޝްމާ އިން ވެސް ފެނިގެން ދިޔަ ޖަނަކް ބުނީ ކުޑައިރު އޭނާއަކީ މީހުންނާ ގުޅޭ ވަރަށް އަނގަ ގަދަ މީހެއް ކަމަށެވެ. ނަމަވެސް މިހާރު އޭނާ އަކީ އެއާ ދިމާ އިދިކޮޅު މީހުންނާ ދުރުގަައި އެކަނި ވަގުތު ހޭދަ ކުރަން ބޭނުންވާ މީހެއް ކަމަށެވެ. މިހާރު ޖަނަކް އަކީ އަކިއޯލޮޖިސްޓެކެވެ.

"އަހަރެން ކުޑަަ އިރު ހިތައް އެރީ އުމުރުން 24 އަހަރުވާއިރު އަހަންނަށް ރަނގަޅު އާންމުދަނީއެއް ލިބި. އުމުރުން 25 އަހަރު ވާއިރު އަހަރެން ހުންނާނީ ކައިވެނިކޮށްގެން ކަމަށް." ހިނިގަނޑެއް ޖަހާލުމަށް ފަހު ޖަނަކް ބުންޏެވެ. "އަހަންނަށް މިހާރު 25 އަހަރު އަހަންނަށް އާންމުދަނީއެއް ނުލިބޭ އަދި އަހަރެން މިހުރީ ހުސްކޮށް."

your imageޖަނަކް

ޖަނަކް ބުނީ މިހާރު އޭނާ ބޭނުންވަނީ ނިއުޒިލޭންޑަށް ދިރިއުޅުން ބަދަލުކޮށް އެތަނުގެ މިއުޒިއަމެއްގަ ވަޒީފާ އަދާ ކުރަން ކަމަށެވެ. 

ޖަނަކް މިހާރު ފިލްމު ކުޅުމުގެ ވިސްނުމެއް ނުގެންގުޅޭއެވެ. 

28%
ކަމުގޮސްފި
28%
އަޑުއެހިތާ މިހުރީ
28%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް