ތޯ---
ކަނޑުމަގުން މުޅި ދުނިޔެއަށް، އަދި ނުދެވޭ ނުވަ ގައުމުގައި ރާއްޖެ!
Share
ދުނިޔޭގެ ހުރިހާ ގައުމަކަށް ޒިޔާރާތްކޮށް ރިކޯޑު ފޮތަށް އަރަން އެންމެން ވެސް ބޭނުންވާނެ އެވެ. އެ މަގު އާންމުކޮށް އެންމެން ވެސް ކޮށާނީ ފަސޭހަ މަގުންނެވެ. އެކަމަކު، މިއީ މުޅިން އެހެން ވިސްނުމެއްގައި އެމަގު ކޮށަމުން އަންނަ ޒުވާނެކެވެ.
Advertisement

އެއްގަމުން ނުވަތަ ކަނޑުމަގުން ހުރިހާ ގައުމަކަށް ޒިޔާރާތްކުރަމުން އަންނަ މި ޒުވާނާ، އެ މަަސައްކަތް ފެށީ ފްލައިޓުގައި ދުނިޔެ ވަށާއި ބުރެއް ޖަހާލާކަށް ނޫނެވެ. 

މިވަގުތު ހޮންގްކޮންގައި ހުރި، ތޯރް ނަމަކަށް ކިޔާ މި މީހާ އަމިއްލަ ގެއަށް ނުގޮސް އުޅޭތާ މިހާރު ހަތް އަހަރާއި ތިން މަހަށް ވުރެ ގިނަ ދުވަސްވެއްޖެ އެެވެ. 

މީގެ ހަތް އަހަރުކުރިން، މި ޒުވާނާ މި ދަތުރު ފެށީ، ދުނިޔޭގެ ތާރީހުގައި ވެސް އެއްވެސް މީހަކު މިހާތަނަށް ފްލައިޓެއްގައި ނޫން ގޮތަށް ދުނިޔޭގެ ހުރިހާ ގައުމަކަށް ޒިޔާރާތްކޮށްފައި ނުވާކަން އެނގޭތީ އެވެ. އެހެންވެ އެކަން ކުރާ ފުރަތަމަ މީހާއަށް އޭނާ ވާން ބޭނުންވަނީ އެވެ. 

ޑެންމާކަށް އުފަން، ތޯރު ވަނީ، އޭނާގެ އެ ހުވަފެން ހަގީގަތަކަށް ހަދަން ބެކްޕެކަކަށް އެއްޗެހި އަޅައިގެން މި ދަތުރު ފަށާފަ އެވެ. އެގޮތުން، މިހާތަނަށް 336 ބަހާއި، 158 ޓްރެއިން އަދި 25 ކޮންޓެއިނާ ޝިޕާއި އަށް ޓްރަކާއި އަހެއްގައި އޭނާ ވަނީ ދަތުރުކޮށްފަ އެވެ. މި ގޮތްގޮތަށް ދަތުރުކުރުމަށް ކޮންމެ ދުވަހަކު ވެސް އޭނާއަށް ހޭދަކުރަން ޖެހެނީ ގާތްގަނޑަކަށް ވިހި ޑޮލަރެވެ. 

your image------

ތޯރް ބުނާ ގޮތުންނަމަ، މިދަތުރުގެ ތެރެއިން ދިމާވާ ބައެއް މީހުން އޭނާއަށް ހިލޭ ހުރުމާއި ކެއުން ވެސް ދެ އެވެ.

ތޯރްގެ މި ދަތުރުގެ ވާހަކައަކީ އަހާލަން ފަސޭހަ ވާހަކައެއް ނަމަވެސް އެތައް އުނދަގުލަކާ މިކަންކަމުގެ ތެރެއިން ދިމާވެފައިވެ އެވެ. އޭގެ ތެރޭގައި ވިސާ ހޯދުމުގައި ދަތިތައް ކުރިމަތިވުމާއި ހުންނާނެ ތަނެއް ހެޔޮ އަގުގައި ހޯދުމާއި، ކޮންޓެއިނާ ބޯޓު ފަހަރުގައި މަސް ދުވަސް ހޭދަކުރަން ޖެހުން ފަދަ ކަންކަން ހިމެނެ އެވެ.

ދިމާވާ ދަތިތަކާ ހުރެ ބައެއް ފަހަރު މި ދަތުރު ހުއްޓާލަން ވެސް އޭނާ ބޭނުންވެ އެވެ. އެކަމަކު އެއީ މުޅި އުމުރު އޭނާ އެކަމާއި ހިތާމަކުރާނެ ކަމެއް ކަމަށް ބުނެ އެކަމައިގެން ކުރިއަށް ދަނީ އެވެ. މިހާތަނަށް 194 ގައުމަކަށް އޭނާ ޒިޔާރާތްކޮށްފައިވާއިރު ބާކީ އޮތީ ނުވަ ގައުމެކެވެ. އޭގެ ތެރޭގައި ދިވެހިރާއްޖެ ވެސް ހިމެނެ އެވެ. 

0%
ކަމުގޮސްފި
83%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް