ads
ޑރ. އިޔާޒް---
"ގައިދުރުކޮށް ސަފު ހެދުމަކީ އެހެން ދީންތަކުގަ ކުރާކަމެއް"
ގައިދުރުކޮށް ސަފުހެދުމަކީ އެހެން ދީންތަކުގައި ކުރާކަމެއް ކަމަށް ބުނާ ޕޯސްޓެއް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް މިއަދު ޝެއާކުރައްވައިފި އެވެ.

އެ ޕޯސްޓުގައި ބުނެފައިވަނީ "ހަގީގަތުގައި ކައިރި ކައިރިކައިރީގައި ތިބެ ތެދުތެދަށް ސަފުހެދުމަކީ މުސްލިމުން ނޫނީ ނުކުރާ ކަމެއް" ކަމަށެވެ. 

ގައިދުރުކޮށް ތިބެނީ އެހެން ދީންތަކުގެ މީހުން އެމީހުންގެ ފައްޅީގައި ކަމަށް ވެސް އެ ޕޯސްޓުގައި ބުނެފައިވެ އެވެ. އަދި އެ ޕޯސްޓާއެކު ކީރިތިރަސޫލާ (މސއވ) ވެ ހަދީސެއް ވެސް ވަނީ ހިމަނާފައެވެ. 

ޑރ. އިޔާޒް މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ގޯސްވަމުން އަންނާތީ އިސްލާމިކް މިނިސްޓްރީން ވަނީ ގައިދުރުކަމާއެކު ސަފު ހެދުމަށް އަންގާފައެވެ. 

އަދި ސިޓީ ކައުންސިލުން އަންނަނީ މާލޭގެ މިސްކިތްތަކުގައި ގައިދުރުކަމާއެކު ނަމާދުކުރަން ފާހަގަ ވެސް ޖަހަމުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް