ads
އެމްޕީއެލް ސަރަހައްދު--
އަމިއްލަ ކުންފުންޏަކަށް 138 މިލިއަން ދެއްކުމަށް ކުރި ހުކުމް ބާތިލްކޮށްފި
ޓަގު ބޯޓެއްގެ މައްސަލާގައި ސެންޓާ އެންޓާ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑްއަށް 138 މިލިއަން ރުފިޔާ ދައްކަން އެމްޕީއެލްގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލުކޮށްފި އެވެ.

ސިވިލް ކޯޓުން ޑިސެމްބަރު މަހުގެ ތެރޭގައި އެމްޕީއެލްގެ މައްޗަށް ހުކުމްކުރީ 2008 ވަނަ އަހަރު ޓަގް ބޯޓެއް ބަނދެ ސަޕްލައިކުރުމުގެ ގޮތުން ފޯރުކޮށްދީފައިވާ ހިދުމަތަށް، އަގު ނުދެއްކުމުން އަރާފައިވާ ޖޫރިމަނާގެ ގޮތުގައި 138.9 މިލިއަން ރުފިޔާ ސެންޓަ އެންޓަ ޕްރައިސަސްއަށް ދެއްކުމަށެވެ.

އެ މައްސަލަ ހައިކޯޓުގައި އެމްޕީއެލުން އިސްތިއުނާފްކުރުމުން ކުރި ހުކުމްގައި ބުނީ ހައިކޯޓުގެ ނިންމުމުގެ އަސާސް ބިނާވެފައިވަނީ، 01 އޯގަސްޓް 2012 ގެ ފަހުން ސެންޓާ އެންޓާ ޕްރިސަސް އިން ހުށަހަޅާ އިންވޮއިސްއަކަށް، އެމްޕީއެލް އިން ފައިސާ ދައްކަން ނުޖެހޭނެކަމަށް ކަނޑައަޅައި، ޚުޞޫމާތް އުފެދިފައިވާ ސެންޓާ އެންޓާ ޕްރައިސަސްގެ އިންވޮއިސްއަކީ އެތާރީހުގެ ފަހުގެ އިންވޮއިސްއެއް ކަމުގައިވުމުން އެއިންވޮއިސްގެ ހަތެއްގެ ދަށުން ޝަރީއަތުން ފައިސާ ނަގައިނުދެވޭނެކަމުގެ މައްޗަށް ކަމަށެވެ.

އެ ކުންފުނީގެ ފަރާތުން ހޯދުމަށް އެދިފައި ވަނީ ވެސް ހަމަ އެ އިންވޮއިސްގެ ދަށުން 30 އޮކްޓޯބަރު 2012 އިން ފެށިގެން 04 އޮކްޓޯބަރު 2015 ގެ ނިޔަލަށް ހިނގާފައިވާ މުއްދަތަށް އަރާފައިވާ ޖޫރިމަނާގެ ފައިސާ ކަމަށާއި ދެ މައްސަލައިގައި ވެސް ހިމެނެނީ އެއް އިންވޮއިސްއެއް ކަމަށް ބުނެއެވެ. 

އަދި އެ އިންވޮއިސް ކުރެވިފައިވާ ތާރީހުގެ މައްޗަށް ބިނާކޮށް އެ އިންވޮއިސްގެ ދަށުން ޖޫރިމަނާ ފައިސާ ނަގައިނުދެވޭނެކަމަށް ހައިކޯޓުން ކަނޑައަޅާފައިވުމުން އެ ހުކުމުގައި ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ހަމަ އެމައުލޫގައި އެޚަޞްމުން ހިމެނޭ މައްސަލައެއްގައި، އެސަބަބު ބަދަލު ނުވަނީސް، ކޯޓުން އެހެން ގޮތެއް ކަނޑައެޅިދާނެކަމުގައި ނުދެކޭ ކަމަށެވެ. 

އެހެންކަމުން، ސިވިލް ކޯޓުގެ ހުކުމްއަށް ބަދަލު ގެންނަން ޖެހޭ ކަމަށް ހައިކޯޓުން ނިންމާފައި ވަނީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ފާތިމަތ ފަރްހީޒާ އަދި ފަނޑިޔާރު އަލީ ސަމީރުގެ އިއްތިފާގުންނެވެ. 

ހައިކޯޓުން މައްސަލަ ބެއްލެވި އެ ތިން ފަނޑިޔާރުންގެ އިއްތިފާނުން ނިންމާފައި ވަނީ ސެންޓާ އެންޓާ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑްއަށް 138 މިލިއަން ރުފިޔާ ދައްކަން އެމްޕީއެލްގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ބާތިލްކުރާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް