ads
އަވަހަށް ހިކެން ބޭނުން ނަމަ ބައެއް ކަންކަމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ--
ހިކެން ބޭނުންވާ މީހުންނަށް 10 ކަމެއް
ހިކެން މަސައްކަތް ކުރާ މީހުން އެންމެ ފޫހިވާ އެއް ކަމަކީ ނަތީޖާއާ ހަމައަށް ދިޔުމަށް ކުރަން ޖެހޭ އިންތިޒާރެވެ. ޑަޔަޓު ބަދަލުކޮށް ގަވާއިދުން ކަސްރަތު ކުރި ނަމަވެސް ހަށިގަނޑުން ބަދަލު ފެންނަން ދުވަސްކޮޅެއް ނަގަ އެވެ.

ތިރީގައި އެ ވަނީ އަވަހަށް ނަތީޖާއަށް ވާސިލްވާން ބޭނުން ނަމަ އާދަކޮށް ކުރަންވީ 10 ކަމެކެވެ. 

1. ހެނދުނު ނާސްތާ ކެއުން: ހެނދުނު ނުކައިފި ނަމަ ބަރުދަން ލުއިވުމަށް އެހީއަކަށް ވުމުގެ ބަދަލުގައި ފަހުން ބަނޑުހައިވެ އެއް ފަހަރާ މާ ގިނައިން ކެވޭ ގޮތް ދިމާވެ އެވެ. 

2. ގަވާއިދުން ގަޑިން ގަޑިއަށް ކެއުން: ގަޑިން ގަޑިއަށް ކޮންމެ ދުވަހަކު ވެސް ކެއުމުން ކެލޮރީޒް ދުއްވާލަން ހަށިގަނޑު ވެސް އާދަވެ އެވެ. އޭގެ އިތުރުން ކާ ގަޑިތަކުގައި ގަވާއިދުން ކާ ނަމަ ބޭކާރު އެއްޗެހި ކެއުމާ ދުރުކޮށްދޭނެ އެވެ.

3. ގިނައިން މޭވާ އާއި ތަރުކާރީ ކެއުން: މިއީ ކެލޮރީޒް އަދި ފެޓް މަދު، ފައިބާ ގިނަ ތަކެއްޗެވެ. މި ތިން ކަމަކީ އަވަހަށް ބަރުދަން ލުއި ކުރުމަށް އެންމެ މުހިއްމު ތިން ކަމެވެ. 

4. ހަރަކާތްތެރިވެ އުޅުން: ދުވަހުގެ ވަގުތުތަކުގައި ހަރަކާތްތެރިވެ އުޅުމަކީ ބަރުދަން އަވަހަށް ދުއްވާލުމަށް ފަހު އެއްވަރެއްގައި ހިފެހެއްޓުމަށް މުހިއްމު ކަމެކެވެ. 

5. ގިނައިން ފެން ބުއިން: ބައެއް ފަހުން ފެން ބޮވައިގަތުމުން ބަނޑުހައިވީ ކަމަށް މީހުންނަށް ހީވެ އެވެ. އެހެންވެ ގިނައިން ފެން ބޯން ޖެހެ އެވެ. 

6. ފައިބާ ގިނަ އެއްޗެހި ކެއުން: ފައިބާ ގިނަ އެއްޗެހި ކެއުމުން ގިނަ ވަގުތު ބަނޑުފުރިފައި ހުންނަހެން ހީވާނެ އެވެ. ފައިބާ ގިނަ ތަކެތީގެ ތެރޭގައި ފެހި ފަތް އަދި މޭވާ އާއި ތަރުކާރީ ހިމެނެ އެވެ.

7. ކާ އެއްޗެތީހެ ތަފްސީލް ހޯދުން: ކާ އެއްޗެހި ގަންނައިރު، އެއާ ގުޅޭ ކެލޮރީޒްގެ މައުލޫމާތާއި އޭގެން ލިބޭ ފައިދާގެ ތަފްސީލް ހޯދާށެވެ. އޭރުން ހަށިގަނޑަށް ލިބޭ ކެލޮރީޒްގެ މިންވަރު އަމިއްލައަށް ވެސް އެނގޭނެ އެވެ.

8. ކުޑަ ތައްޓެއްގައި ކެއުން: ތަށި ކުޑަވުމުން ޕޯޝަން ކުޑަ ކުރަން އެހީވެ އެވެ. އޭގެ އިތުރުން މަޑުމަޑުން ކާށެވެ. ދިރާސާއިން އެނގޭ ގޮތުގައި ބަނޑު ފުރުމުން އެކަން ސިކުނޑިއަށް ނަގައިގަނެވެނީ ބަނޑު ފުރޭތާ 20 މިނެޓު ފަހުންނެވެ. 

9. ބައެއް އެއްޗެހި ކެއުން މަނާ ނުކުރުން: މިގޮތަށް ހެދުމުން އެ ތަކެތި ކާހިތްވުން އިތުރުވެ، ޑަޔަޓުގައި ދެމިހުންނަން އުނދަގޫވެ އެވެ.

10. ބޭކާރު ކާއެއްޗެހި ގަނެފައި ނުބެހެއްޓުން: ޗޮކުލެޓާއި ބިސްކޯދު، އަދި ޗިޕްސް ފަދަ އެއްޗެހި ގޭގައި ނުބަހައްޓާށެވެ. އެ ތަކެތި ހުރުމުން ކާހިތްވުން އިތުރުވާނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް