ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު--
ފަލަސްތީން ރައްޔިތުންގެ ހައްގުތަކަށް ރާއްޖެއިން ވަކާލާތުކުރޭ: މިނިސްޓަރު ޝާހިދު
Share
ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާ ބެހޭގޮތުން ވަކާލާތުކުރުމުގައި، ދިވެހިރާއްޖެއިން މަސައްކަތް ކުރާކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
Advertisement

މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ މެމްބަރު ގައުމުތަކުން އދ އަށް ކަނޑައަޅާފައި ތިއްބަވާ ދާއިމީ މަންދޫބުންނާއި ވާޗުއަލްކޮށް ރޭގައި ބެއްވި ބައްދަލުކުރުމުގަ އެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވަނީ 1976 ގައި އޯ.އައި.ސީ. އާ ގުޅުނުފަހުން ރާއްޖެއިން އެހެން މެމްބަރު ގައުމުތަކާއި ގުޅިގެން ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުވާލަމުންނެވެ.

އެގޮތުން ދެމެހެއްޓެނިވި ތަރައްގީއާއި، މޫސުމީ ބަދަލުތަކާއި، އާއްމު ސިއްހަތާއި، އިސްލާމްދީނާ ދެކޮޅަށް ހިންގޭ ހަރަކާތްތައް ހުއްޓުުވުމާއި ޓެރަރިޒަމްއާއި އަދި މުސްލިމުންގެ ހައްގުތައް، ހާއްސަކޮށް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާ ބެހޭގޮތުން ވަކާލާތުކުރުމުގައި، ދިވެހިރާއްޖެއިން މަސައްކަތް ކުރާކަން މިނިސްޓަރު ޝާހިދުގެ ފާހަގަކުރެއްވިއެވެ.

އަދި 1969 ގައި އޯ.އައި.ސީ. އުފެދުނުފަހުން އެ ޖަމިއްޔާއިން މުސްލިމް ގައުމުތައް ގުޅުވައި، 1.5 ބިލިޔަން މުސްލިމުންގެ ހިތްތަކާ ގުޅިފައިވާ އެކި މައްސަލަތަކުގައި ވަކާލާތުކުރަމުން އަންނަކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވަނީ ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން ދެމެހެއްޓެނިވި ގޮތެއްގައި އަރައިގަތުމާއި، ދެމެހެއްޓެނިވި ތަރައްގީއާއި، އދގެ އާއްމު މަޖިލީހުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން ވާހަކަ ދައްކަވާފައެވެ. 

އަދި މަލްޓިލޭޓަރަލް ސިސްޓަމް ވަރުގަދަކޮށް، ގައުމުތައް ގުޅިގެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުމާ ބެހޭ ގޮތުން މިނިސްޓަރު ޝާހިދު ވާހަކަ ދެއްކެވިއެވެ.

މިދިޔަ ހަފްތާ ބަންދުގައި މިނިސްޓަރު ޝާހިދު ވަނީ ނަން-އެލައިންޑް މޫވްމަންޓްގެ ފަރާތުން އދ އަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާވެސް ބައްދަލުކުރައްވާފައެވެ. އަދި ބޮޓްސްވާނާ، ސައުދީ އަރަބިއްޔާ، ނޯވޭގެ ހާރިޖީ ވަޒީރުންނާ މި ހަފްތާގައި ވާޗުއަލްކޮށް ބައްދަލުކުރައްވައި، މަޝްވަރާ ކުރައްވާފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް