ads
ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތަކެއްގައި ސްޓިކާ ޖަހަނީ--
އޮޅުވާލައިގެން ރަޖިސްޓްރީ ކުރުމުން 15 ވެހިކަލެއްގެ ރަޖިސްޓްރީ ބާތިލުކޮށްފި
އޮޅުވާލައިގެން ރަޖިސްޓްރީ ކުރުމުގެ ސަބަބުން 15 ވެހިކަލެއްގެ ރަޖިސްޓްރީ ޓްރާންސްޕޯޓް މިނިސްޓަރީން ބާތިލުކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު އާންމު ކޮށްފައިވާ ނޫސްބަޔާނެއްގައި ވަނީ އެ ލިސްޓުގައި ހިމެނޭ 15 ވެހިކަލް ރަޖިސްޓްރީ ކޮށްފައިވަނީ ސައްހަ ނޫން ލިޔެކިއުންތައް ހުށަހަޅައިގެން ކަމަށްވާތީ، އެ ވެހިކަލްތަކުގެ ރަޖިސްޓަރީތައް ބާތިލްކޮށްފައިވާ ކަމަށް އިއުލާނު ކޮށްފަ އެވެ.

އަޅުވާލައިގެން ވެހިކަލް ރަޖިސްޓްރީ ކުރުމުގެ މައްސަލައަކީ ރާއްޖޭގައި ވަރަށް ބޮޑު މައްސަލައަކަށް ވެފައިވާއިރު، އެ މައްސަލަ ހައްލުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ގަރާޖް ކޮމިޓީގެ ނަމުގައި ކޮމިޓީއެއްވެސް އެކުލަވާލާފަ އެވެ.

އެންމެ ގިނައިން ކޮރަޕްޝަން އެކުލެވޭ ކަމެއްގެ ގޮތުގައި ވެހިކަލް ރެޖިސްޓްރޭޝަންގެ ކަންކަން ޑރ. ސިމާދު ފާހަގަ ކުރެއްވާފައިވަނިކޮށް ޓްރާންސްޕޯޓުން ވަނީ، ވެހިކަލް ރަޖިސްޓްރީ ކޮށްދިނުމުގައި ޓްރާންސްޕޯޓް އޮތޯރިޓީން ބަލަނީ މާލޭ ސިޓީ ކައުންސިލުން ނުވަތަ އެޗްޑީސީން ދޫކުރާ ހުއްދައެއްގެ މައްޗަށް ކަމަށް ބުނެފައެވެ.  

މީގެ އިތުރުން މާލެ ސަރަހައްދަށް ރަޖިސްޓްރީ ކުރާ ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާފަދަ ކަންތައްތަކެއް ހިނގާކަމަށް ފާހަގަކުރެވި، އެފަދަ ޝަކުވާތަކެއް ޓްރާންސްޕޯޓަށް ލިބެމުންދާތީ، 2019 ވަނަ އަހަރުން ފެށިގެން ވެހިކަލް ބާއްވާ ގަރާޖަކީ ރަގަޅުތަނެއްތޯ ބެލުމަށްޓަކައި އެ އޮތޯރިޓީން ބަލާ ޗެކްކުރަމުންދާކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް