ads
ފޮޓޯ: ސަން
ކުރީ ސަރުކާރުން ދެ ކޮޓަރީގެ 6720 ފްލެޓް ލިބުނުކަމުގެ ލިޔުން 9500 މީހުންނާ ހަވާލުކުރި!
ކުރީ ސަރުކާރުން ހިޔާ ފްލެޓްގެ ގެ ދެ ކޮޓަރީގެ 6720 ފްލެޓް ލިބުނުކަމުގެ ލިޔުން 9500 މީހުންނާ ހަވާލުކުރިކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީން ބޭއްވި މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ ފްލެޓް ކޮމެޓީން މަސައްކަތް ކުރެއްވީ އެބޭފުޅުންނަށް ހަވާލުކުރެވިފައިވާ މެންޑޭޓާއި އެއްގޮތަށް ކަމަށާއި އެކަމާއިމެދު އެއްވެސް ޝައްކެތް ނުއުފެދޭ ކަމަށެވެ.

"ފްލެޓްތައް ހައްގުވާ ފަރާތްތައް ކަނޑައެޅުމުގައި ފްލެޓް ކޮމެޓީން އެ މަސައްކަތް ކުރެއްވީ އެބޭފުޅުންނަށް ހަވާލުކުރެވިފައިވާ މެންޑޭޓާއި އެއްގޮތަށް،" - އަސްލަމް

ފްލެޓްތައް ހައްގުވާ ފަރާތްތައް ކަނޑައެޅުމަށް ދިރިއުޅުމުގެ ހާލަތައް ބަލައި މާކްސް ދޭގޮތައް އޮތީ 100 އަކުން ކަމަށާއި ސަރުކާރުން ނިންމުމެއް ނިންމި އެއްވެސް ކެޓަގަރީއަކުން 50 އިންސައްތައަށް މާކްސް ނުލިބޭ ފަރާތަކަށް ފްލެޓް ނުލިބޭނެ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ. 

ހިޔާ މަޝްރޫއުގެ ދެކޮޓަރީގެ ފްލެޓުން ދޫކޮށްފައިވަނީ 6720 ފްލެޓް ކަމަށާއި އެހެންނަމަވެސް ކުރީގެ ސަރުކާރުން 9500 ފަރާތަކަށް ދެކޮޓަރީގެ ފްލެޓް ލިބޭނެ ކަމުގެ ލިޔުން ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ ލިޔުންތައް ފްލެޓް ކޮމެޓީން ހޯދާފައިވަނީ ވަރަށް ހާލުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

އެތަން މިތަނުން އެ އެއްޗެހި ނެރެންޖެހުނީ އެހެންނަމަވެސް ވަރަށް ބުރަ މަސައްކަތުން އެބޭފުޅުން އެއެއްޗެހި ހޯދަވައިގެން އެސެސް ކޮށްފަ އެހެރީ" މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުން ފްލެޓް ލިބޭނެކަމަށް 9500 މީހަކަށް ލިޔުން ހަވާލުކޮށްފައި ވީނަމަވެސް އެކަން ހިނގާފަ އޮތް މުއްދަތާއި، އެކަން ހިނގި ތާރީހުތަކަށް ބަލައި އެވަރުކަމެއް ކުރަން އެކަށީގެންވާ ވަގުތު ހޭދަނުވާކަމަށް ފާހަގަކުރެވި އަދި ބައެއް ކަހަލަ މައްސަލަތައް ހުރިކަން އެގޭތީ ފްލެޓަށް އެޕްލައިކުރި އެންމެންގެ އެސެސްމެންޓް އަލުން ހެދުމަށް ނިންމެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ އެހެންނަމަވެސް އެ ޕްރޮސެސް ބާތިލްކޮށްފައި ނުވާނެ ކަމަށާއި އަލުން މީހުން ފްލެޓަށް ކުރިމަތިލާންވެސް ހުޅުވާނުލާ ކަމަށެވެ. 

އަދި އެސެސްމެންޓް ހަދާފައިވާނީ އެސެސްމެންޓް ހަދަން ފެންނަކަމަށް ހީވާ ކްރެޓޭރިއާތަކަށް ބޭސްކޮށްފަ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.  

ނަމަވެސް މިދިޔަ އަހަރު އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވިދާޅުވެފައިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ދަށުން ތަރައްގީ ކުރި "ހިޔާ މަޝްރޫއު" ގެ 7000 ފްލެޓް ލިބޭނެ ކަމުގެ ލިޔުން 11000 ފަރާތަކަށް ދީފައިވާ ކަމަށެވެ. 

 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް