ads
ޑޯޓްމަންޑުގެ ހާލަންޑް
ޗެލްސީއަށް ކުޅޭކަށް ބޭނުމެއް ނޫން: ހާލަންޑު
ޗެލްސީއަށް ކުޅުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށް ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅޭ ނޯވޭގެ ޒުވާން ފޯވާޑް އާލިން ބްރައުޓް ހާލަންޑާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. އަންނަ ޓްރާންސްފަރ މާކެޓުގައި ހާލަންޑްގެ ސޮއި ހޯދުމަށް ތައްޔާރަށް ތިބި ޓީމުތަކުގެ ތެރޭގައި ޗެލްސީވެސް ހިމެނެއެވެ.

ހާލަންޑާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ބަދަލުވެދާނެ އޮތީ ހަ ޓީމެކެވެ. އޭނގެ ތެރޭގައި އިނގިރޭސިވިލާތުން ހިމެނެނީ ހަމައެކަނި މެންޗެސްޓަރ ޔުނައިޓެޑާ މެންޗެސްޓަރ ސިޓީގެ އިތުރުން ލިވަޕޫލްއެވެ. އެހެންނަމަވެސް މިއިން އެއްވެސް ޓީމަކުން ރަސްމީކޮށް އަދި ހާލަންޑުގެ ޑީލުގެ ކަންތަކާ ޑޯޓްމަންޑަކާ ވާހަކައެއް ނުދައްކައެވެ.

އުމުރުން ވިހި އަހަރުގެ ހާލަންޑުގެ އަގަކީ އަހަރަކު ސަތޭކަ ނުވަ މިލިއަން ޑޮލަރު ކަމަށް އޭނާގެ އެޖެންޓުވަނީ ދާދި ފަހުން ބުނެފައެވެ. އެއީ ހަފުތާއަކަށް ތިން ލައްކަ ޕައުންޑްގެ އަގެކެވެ. ޑޯޓްމަންޑާ ހާލަންޑާ ދެމެދު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ ސީޒަންގެ ނިޔަލަށެވެ. އެހެންނަމަވެސް މި ސީޒަން ނިމޭއިރު އޭނާ ކްލަބު ބަދަލު ކުރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަންނަ ސީޒަން ނިމުމުގެ ކުރިން އޭނާގެ ސޮއި ހޯދަން ބޭނުންނަމަ ޓްރާންސްފަރ ފީގެ ގޮތުގައި ބޮޑު ހޭދައެއް ކުރަން ޖެހޭނެއެވެ.

ހާލަންޑަކީ މި ވަގުތުވެސް އެންމެ ފޯމުގައި ހުރި އެއް ފޯވާޑެވެ. އޭނާވަނީ މި ސީޒަންގައި މިހާތަނަށް ފަންސަވީސް ލަނޑު ޖަހާފައެވެ.

13%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
31%
ވަރަށް ސަލާމް
ކޮމެންޓްސް