ads
ޕީޕީއެމްގެ އިހުތިޖާޖެއްގެ ތެރެއިން..
ފަސް މީހުންނަށް ވުރެ ގިނައިން މަގުމަތީ އެއްވެ އުޅުން މަނާކޮށްފި
އެއްފަހަރާއި ފަސް މީހުންނަށް ވުރެ ގިނައިން މަގުމައްޗާއި އާއްމުތަންތަނަށް އެއްވެ އުޅުން މަނާކޮށްފި އެވެ.

އެޗްޕީއޭއިން ނެރެފައިވާ ބަޔާނެއްގައި ވަނީ ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ މިއަދުން ފެށިގެން އެޕްރީލް ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދިގު ދަންމާލާފައިވާއިރު މިހާލަތުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމަށާއި ކޮވިޑްގެ ހާއްލަތު ކޮންޓްރޯލް ކުރުމަށް މާދަމާއިން ފެށިގެން ހަތް ދުވަހުގެ މުއްދަތަކަށް މާލޭ ސަރަހައްދުގައި އެއްފަހަރާއި ފަސް މީހުންނަށް ވުރެ ގިނައިން މަގުމައްޗާއި އާއްމުތަންތަނަށް އެއްވެ އުޅުން މަނާކޮށްފައެވެ. 

މީގެ ކުރިން މާލޭ ސަރަހައްދުގައި އެއްފަހަރާއި މަގުމައްޗާއި އާއްމުތަންތަނަށް އެއްވެ އުޅެވެނީ 10 މީހުންނަށްވުރެ ގިނަ ނުވާގޮތަށެވެ. އަދި މީގެ ކުރިންވަނީ 10 މީޙުންނަށްވުރެ ގިނައިން އެއްވެގެން ބާއްވާ ޕާޓީތަކާއި ޖަލްސާތައްވެސް ބޭއްވުން މަނާކޮށްފައެވެ. 

އެހެންނަމަވެސް މިހާރުވެސް މާލޭ ސަރަހައްދުގެ މަގުމައްޗަށް ގިނަ އަދަދެއްގެ މީހުން އެއްވެގެން އިހްތިޖާޖްތަކާއި އަދި ހަފްލާތަކުގެ އިތުރުން ޖަލްސާތައްވެސް ދަނީ ބާއްވަމުންނެވެ. 

45%
ކަމުގޮސްފި
36%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
18%
ވަރަށް ސަލާމް
ކޮމެންޓްސް