ads
ވެކްސިން ޖެހި ކުއްޖެއް ކާޑު ދައްކާލަނީ- ފޮޓޯ: ސީއެންއެމް
މިއަދު ވެކްސިން ޖެހި މިހުންގެ އަދަދު 7،000 މަތީގައި
ކޮވިޑް-19އިން ރައްކާތެރިވުމަށް ފާއިތުވި 24 ގަނޑިއިރުތެރޭގައި 7،712 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފި އެވެ.

އެޗްޕީއޭއިން އާއްމުކޮށްފައިވާ ވެކްސިންގެ އެންމެ ފަހުގެ މައުލޫމާތުތަކުން ދައްކާގޮތުގައި ފާއިތުވި 24 ގަނޑިއިރުތެރޭ ޖުމުލަ 7،712 މީހަކަށް ކޮވިޑްގެ ފުރަތަމަ ޑޯޒް ދީފައިވާއިރު މާލޭ ސަރަހައްދުން 3،568 މީހަކަށާއި އަތޮޅުތަކުގެ ހޮސްޕިޓަލުތަކުން 4،144 މީހަކަށް ވަނީ ވެކްސިން ދީފައެވެ.

އެއާއިއެކު މިހާތަނަށް ރާއްޖޭގައި ޖުމުލަ 137،124 މީހަކަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ދީފައިވާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އޭގެ ތެރެއިން 84،891 ވެކްސިން ޑޯޒު މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުން ދީފައިވާއިރު އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުން ވަނީ 52،233 ވެކްސިން ޑޯޒު އާއްމުންނަށް ފޯރުކޮށްދީފައެވެ.

މިވަގުތު މާލޭ ސަރަހައްދުގައި އަށް ވެކްސިނޭޝަން ސެންޓަރުން ވެކްސިން ދިނުމުގެ ކަންކަން ކުރިއަށް ދާއިރު، އުމުރުންދުވަސްވީ މީހުންނާއި އެނދުމަތިވެފައިވާ ބަލި މީހުންގެ ގޭގެއަށް ގޮސް ވެކްސިން ދިނުމުގައި ދެ މޯބައިލް ޓީމަކުން މާލޭ ސަރަހައްދުގައި ހަރަކާތްތެރިވެއެވެ. އަތޮޅުތެރޭގައި ޖުމުލަ 169 ވެކްސިން ސެންޓަރު ގާއިމުކުރެވިފައިވާއިރު، އޭގެ ތެރެއިން މިއަދުވަނީ 57 ސެންޓަރަކުން ވަނީ ވެކްސިން ޖެހުން ކުރިއަށް ގެންގޮސްފައެވެ. 

ކޮވިޑް-19އިން ރައްކާތެރިވުމަށާއި ބަލިޖެހޭ މީހުންގެ އަދަަދުތައް ދަށްކުރުމަށް ވެކްސިން ޖެހުމަށް އެެޗްޕީއޭއިން އަންނަނީ އިލްތިމާސް ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް