ads
ހެލްތް ޕްރޮމޯޝަން ކޯޑިނޭޓަރު ޑރ. ފާތިމަތު މުފްލިހާ
ކޭސްތައް މަދުނުވާނަމަ ބަލި މީހާ ދެން ޖެހޭނީ ޗޫސްކުރަން: ޑރ. މުފްލިހާ
ރާއްޖެއިން ކޮންމެ ދުވަހަކު ފެންނަ ކޭސްތައް ދަށްނުވާނަމަ ދެން ޖެހޭނީ ބަލިމީހާ "ޗޫސް" ކުރަން ކަމަށް މޯލްޑިވިއަން މެޑިކަލް އެސޯޝިއޭޝަންގެ ހެލްތް ޕްރޮމޯޝަން ކޯޑިނޭޓަރު ޑރ. ފާތިމަތު މުފްލިހާ ވިދާޅުވެއްޖެ އެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. މުފްލިހާ ވިދާޅުވީ، މިހާރު މިދާގޮތަށް ކޮވިޑްގެ ނަންބަރުތައް މަތިވެގެންދާކަމަށް ވާނަމަ ކޮވިޑް-19 ޖެހިގެން އެޑްމިޓްވާ ބަލިމީހުންނަށް ދޭންޖެހޭ އެންމެ ފުރިހަމަ ހިދުމަތް ނުދެވިދާނެ ކަމަށެވެ. 

އަދި ސިއްހީ ހިދުމަތްތެރިން އެ ބަލިމީހައަށް ހިދުމަތްކުރުމަށް ކިތަންމެ ބޭނުންވި ކަމަށް ވީނަމަވެސް ސަލާމަތްކުރާނީ ކޮން ބަލިމީހެއްތޯ " ޗޫސް" ކުރަންޖެހޭ ހާލަތެއްވެސް އައިސްދާނެ ކަމަށެވެ. އަދި މިކަން ވަނީ މީގެ ކުރިންވެސް ވަރަށް ގިނަ ޑޮކްޓަރުން އެކި ފަހަރުމަތިން ފާހަގަކޮށްފައި ކަމަށް ޑރ. މުފްލިހާ ވިދާޅުވިއެވެ.

" މިހެން ނަންބަރުތައް މަތިވެގެންދާކަމުގަ ވަންޏާމު އަޅުގަނޑުމެން ވަކި ހިސާބަކުން އެދޭންޖެހޭ އެންމެ ފުރިހަމަ ހިދުމަތް ދިނުން ދޭން ބޭނުންވި ކަމަށް ވީނަމަވެސް ޗޫސް ކުރަން މެދުވެރިވާ ކަހަލަ ހާލަތެއް ވެސް އައިސްދާނެ" ޑރ. މުފްލިހާ ވިދާޅުވިއެވެ.

ޑރ. މުފްލިހާ ވިދާޅުވީ، ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަކީވެސް އެ ފަރާތްތަކުގެ އާއިލާއި ބޭނުންވާ ބައެއް ޒަރޫރީ ބޭނުންތަކެއްވެސް ހުންނާނެ ކަން ގަބޫލްކުރަންޖެހޭ ކަމަށާއި ހެލްތް ކެއާ ވޯކަރުންގެ ތެރެއިން ގިނަ ބަޔަކު މަސައްކަތް ކުރަމުންދަނީ އެބޭފުޅުންގެ އާއިލާއާއި އަމިއްލައަށް ލިބޭ ޗުއްޓީ އަދި އެތައް ބޭނުމަކުން މަހްރޫމް ކޮށްލާފައި ކަމަށެވެ. އަދި އެކަން އެގޮތައް ކުރަމުންދަނީ ހަމައެކަނި ކޮވިޑް-19ގެ ހާލަތައް އެކަނި ނޫންކަމަށާއި އޭގެ ބޭރުންވެސް އާއްމު ބަލިތަކަށް ހިދުމަތްކުރަމުންވެސް ދަނީ ހަމަ އެ ހެލްތް ކެއާ ވޯކަރުން ކަމަށް ޑރ. މުފްލިހާ ވިދާޅުވިއެވެ. 

" އެހެންނަމަވެސް އަޅުގަނޑުމެންނަށް ބާޑަން ބޮޑުވާ ހިދެއްގައި ދެކެން ބޭނުން ނުވާ ދުވަސްތައްވެސް ފެނުމަކީ ވެސް ކުރިމަތިވެގެންދާނެ ކަމެއް ކަމުގައި ވާހިދު އެއީ އަޅުގަނޑުމެން ދެކެން ބޭނުން ނުވާ ދުވަހެއް" ޑރ. މުފްލިހާ ވިދާޅުވިއެވެ.
38%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް