ads
ޝާހު އަދި ގޯރީ
ޝާހުގެ އާދިއްތަ ދުވަސް ފުރިހަމަ ވަނީ އަންހެނުންނާ އެކީ ނެށީމަ
ބޮލީވުޑްގެ ކިންގް ކަމަށްވާ ޝާހްރުކް ހާން އާއި އޭނާގެ އަންހެނުން ގޯރީގެ ލޯބީގެ ވާހަކައަކީ މަޝްހޫރު ވާހަކަ އެކެވެ. އަދި އެ ދެތަރައިންގެ ޖޯޑަށް ގިނަ ސަޕޯޓަރުން ލޯބި ވެސް ކުރެ އެވެ.

ފިލްމުތަކުގައި ޝާހު އަކީ ވަރަށް އިޝްގީ ރޯލްތައް ކުޅޭ ތަރިއެކެވެ. އެކިއެކި ބަތަލާއިންގެ ހިތް ފިލްމުތަކުގައި ކަތިލާފައިވަނީ އޭނާގެ ލޯބި ހިނިތުންވުމުންނެވެ.

ނަމަވެސް އަސްލު ދިރިއުޅުމުގައި ޝާހު އޭނާގެ އަސްލު ބަތަލާ ކަމައްވާ، އަންހެނުން ގޯރީ ހިތާ ކުޅެލަނީ އޭނާ ލޯބިވާ އަންހެނުންނާ އެކީގައި ނަށައިގެން ކަމަށް ޝަހު ހާމަކުރެ އެވެ.

your imageޝާހު އަދި ގޯރީ

އެގޮތުން ޝާހުގެ އާދިއްތަ ދުވަސް ފުރިހަމަ ވަނީ ކޮންކަމެއް ކުރީމަތޯ ކުރިމަތިވި ސުވާލަށް ޖަވާބުދެމުން އޭނާ ބުނެފައިވަނީ އޭނާގެ އާދިއްތަ ދުވަސް ފުރިހަމަ ވަނީ އަންހެނުން ގޯރީއާއި އެކީގައި ހެނދުނު ހެނދުނާ ނެށީމަ ކަމަށެވެ. 

އަދި ލޯބިން އެދުވަސް އޭނާގެ ލޯބިވެރިޔާ އަދި އަންހެނުން ގޯރީއާ އެކީގައި ހޭދަކޮށްލުމުން ފުރިހަމަ ވެގެންދާ ކަމަށް ވެސް ޝާހު ވަނީ ހާމަކޮށްފަ އެވެ.

ޝާހު އަދި ގޯރީގެ ކައިވެންނަށް މިހާރު 30 އަހަރުވެފައިވާއިރު އެދެމީހުންނަށް ވަނީ ތިން ކުދިން ވެސް ލިބިފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް