ads
ކެޓްރީނާ
ޓައިގާ 3 އަށް ކެޓްރީނާ ޓްރެއިނިން ހަދަނީ ކޮރެއާގެ އާޓިސްޓުންނާ އެކު
ކެޓްރީނާގެ ކުރިއަށް އޮތް ފިލްމު ޓައިގާ 3 އަށް ތައްޔާރުވުމުގެ ގޮތުން އޭނާ ބޮޑެތި ތައްޔާރީތައް ވާންޖެހެއެވެ. ޓައިގާ ފްރެންޗައިސްގެ ތިންވަނަ ފިލްމުގަ ވެސް ގިނަ ސްޓަންޓްތައް ހުނާނެ އިރު މިފަހަރު ފިލްމުގަ ގިނަ ސްޓަންޓްތަކެއް އެކްޓަރުން ކުޅޭގޮތަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ފިލްމުގެ ޝޫޓިން އަދި ނުފަށާއިރު ކެޓްރީނާ އަންނީ ފިލްމަށް ބޭނުންވާ ސްޓަންޓްތައް ކުޅެން ބޭނުންވާ ޓްރެއިންތައް ހަދަމުންނެވެ. 

ކެޓްރީނާ ޓްރެއިން ކުރަނީ ދެކުނު ކޮރާއިން ގެނައި ހާއްސަ ސްޓަންޓް އާޓިސްޓުންގެ ޓީމަކުންނެެވެ.

ސަލްމާން އާއެކު ކެޓްރީނާ ފެނިގެންދާ ޓައިގާ 3 ގެ މަންޒަރުތައް ކުޅެން ހަމަޖެހިފައިވަނީ ތުރުކީގެ އިސްތާންބުލް އާއި ޔޫރަޕްގެ އެކި ހިސާބުތަކުގަ އިތުރުން އެކުވެރި އަރަބި އިމާރާތުގަ އެވެ.

your imageސަލްމާން އާ ކެޓްރީނާ

މަނީޝް ޝަރްމާ ޑައިރެކްޓް ކުރާ މިފިލްމުގެ ލީޑް ރޯލުން ފެންނަ ކެޓްރީނާގެ އިތުރުން ސަލްމާން ވެސް އަމިއްލަ ސްޓަަންޓް ކުޅެން ޖެހޭނެ އެވެ. 

ކެޓްރީނާ ޓްރެއިން ކުރުމުގަ ކޮރެއާގެ ޓީމެއް އުޅޭ އިރު ސަލްމާން އާއެކު މަސައްކަތް ކުރާނީ ސައުތު އެފްރިކާގެ ޓީމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް