ads
އިސްލާމީ މަރުކަޒުގައި މީގެ ކުރިން ކުރި ހުކުރު ނަމާދެއްގެ ތެރެއިން--
އެންމެ ނުރައްކާތެރި ފިތުނަޔަކީ ދީނީ ފިތުނަ: ހުތުބާ
އެންމެ ނުރައްކާތެރި ފިތުނަޔަކީ ދީނީ ފިތުނަ ކަމަށާއި އެއީ ﷲ ގެ އަޅާއާ އޭނާގެ ވެރި ރަސްކަލާނގެއާ ދެމެދުގައިވާ ގުޅުން އިމްތިހާނު ކުރެވޭ ފިތުނައެއް ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ހުތުބާ ފިތުނައިން ރައްކާތެރިވުމުގެ މައްޗަށް އަލިއަޅުވާލާފައިވާއިރު ހުތުބާގައި ބުނީ ފިތުނައަކާ ނުލައި، މަރުގެންނެވުމަށް އެދިވަޑައިގެން، ކީރިތި ރަސޫލާ ވަނީ، އަޅަމެންގެ ދީނުގައި އަޅަމެންނަށް މުސީބާތެއް ނުލެއްވުމަށް އެދި ދުއާ ދަންނަވާފައި ކަމަށެވެ. 

ހުތުބާގައި ބުނީ ފިތުނަ އަކީ ހިތަށާއި، ސިކުނޑިއަށް ޖެހޭ މުސީބާތެއް ކަމަށާއި އޭގެ ސަބަބުން ކެތްތެރީން ވެސް އާވާރާވެ، މަގުއޮޅިގެންދާ ކަމަށެވެ. އަދި ފިތުނައިގެ ސަބަބުން ކިތައް މީހުން ހައްގުން އެއްކިބާވެ، ހަލާކުވެ ގޮސްފައިވޭތޯ ސުވާލުކުރުމުން ހުތުބާގައި ވަނީ ފިތުނަ އަކީ ދެކޮޅުވެރިކަމާއި، ބައިބައިވުން އުފެއްދުމަށް މަގު ފަހި ކުރުވާ ޝައިތާނީ އަމަލެއް ކަމަށް ބުނެފަ އެވެ.

އޭގެ އިތުރުން ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމަކީ، މީހުން ރުޅި އަރުވައި، ފިތުނައިގެ ހުޅު ރޯކުރުމަށް
ބޭނުން ކުރެވޭ އެންމެ ބާރުގަދަ ވަސީލަތެއްކަން ފާހަގަކުރަމުން ހުތުބާގައި ބުނީ ދޮގު ވާހަކަތައް ފެތުރުނަ ނުދިނުމަށް، ހަބަރު ފަތުރާ ވަސީލަތްތަކަށް މުހިއްމު ދައުރެއް އަދާކުރެވިދާނެ ކަމަށާއި ހަބަރުގެ ދޮގުތެދު ބެލުމަށް އިސްކަން ދޭން ޖެހޭނެ ކަމަށެވެ. 

ހުތުބާގައި އިތުރަށް ބުނީ ފިތުނައިން ސަލާމަތް ވެވޭނީ ހަމަ ބުއްދި ބޭނުންކޮށް، ރަނގަޅު ގޮތް ދެނެގަނެ، އެއަށް ތަބާވެގެން ކަމަށެވެ. ގައުމެއްގައި، ސައްހަ ތެދު މައުލޫމާތާއި ހުނަރު ފެތުރިއްޖެ ނަމަ، އެ ގައުމެއް ކުރިއަރާނެ ކަމަށެވެ. އަދި ދުނިޔޭގެ ގައުމުތަކުގެ މެދުގައި ގަދަރާއި ޢިއްޒަތް އުފުލޭނެ ކަމަށެވެ. އެކަމަކު ނަބަވީ ހިދާޔަތާއި،
ޝަރްއީ މިންގަނޑު ކަމުގައިވާ ދީނުގެ މެދުމިނުން ކައްސާލައިފި ނަމަ، ހައްދު ފަހަނަޅާފައިވާ ހިޔާލުތަކުގެ ދަލުގައި ޖެހި، ފިތުނައިގެ ކަނޑަށް ޣަރަގުވެދާނެކަން ވެސް ހުތުބާގައި ފާހަގަކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް