ads
އެމްޓީޔޫގެ ނައިބުރައީސް ސައުދުﷲ އަހުމަދު--
"އިގްތިސާދީ ސިޔާސަތުތަކުން މާލެއާއި ރާއްޖޭގެ ރަށްރަށާ އެއްހަމަވާނެ: ސައުދު
މި ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުތައް ތަންފީޒުވުމުން މާލެއާއި ރަށްރަށުން އެއްހަމަ މުސާރައެއް ލިބޭނެކަމަށާއި، އިގްތިސާދީ ގޮތުން ރަށްރަށާއި މާލޭއާއި އެއްހަމަ ވާނެކަަމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ނައިބު ރައީސް ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.

ސީއެންއެމްގެ އިތުރުކާފު ޕްރޮގްރާމުގައި ހުކުރު ވިލޭރެ ވާހަކަ ދައްކަވަމުން، ސައުދުﷲ ވިދާޅުވީ މިސަރުކާރުން އިގްތިސާދީ ކަންކަމުގައި ގެންގުޅޭ ލާމަރުކަޒީ ސިޔާސަތުތައް އެ ޖަމިއްޔާއިން ބަލައިގަންނަ ކަމަށެވެ. އަދި އެ ސިޔާސަތުތައް ތަންފީޒުވުމުން ވެރިކަންކުރާ މަލެއާއި އެއްހަމައެއްގައި ރަށްރަށުގައި ވެސް އިގްތިސާދީ ހަރަކާތްތައް ހިންގިގެންދާނެ ކަމަށެެވެ. 

"ޖުމްލަކޮށް ބުނާނަމަ އަޅުގަނޑުމެންނަށް މި ސަރުކާރުގެ އިގްތިސާދު މިއޮތް ސްކޭލަށް ބަލާއިރު ވަރަށް ބޮޑުތަނުން ރަނގަޅު. ލާމަރުކަޒީ ކުރަން ދިވެހި ސަރުކާރުން އެބަ ބޭނުންވޭ. އަޅުގަނޑުމެން އިކޮނޮމީ ޑައިވާސިފައި ކޮށްފިއްޔާ މުޅި އިކޮނޮމީ ރާއްޖެއަށް ފެތުރިގަންނާނެ. މިހާރު ބޮޑު މުސާރަ ހޯދަން އަނަން މިޖެހެނީ މާލެއަށް މަޖުބޫރު އެބަކުރޭ މިތަނަށް އަންނަ. ރާއްޖެތެރޭ ރަށް ފަޅުރަށަަކަށް ބަދަލުވަނީ. ޒުވާނަކުވެސް މުސްކުޅިއަކުވެސް ނުހުރޭ. ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރެވެއްޖިއްޔާ މާލޭގަ މެނޭޖަރަކަށް ހުންނަ މީހާއާށް ތިރީސް ހާސް ލިބެންޔާ. އޭނާއަށް އެ ޔަގީންކަން އެބައައޮވޭ އޭނަ ހަމަ އެވަރު ވަޒީފާއެއްގަ ހުރެގެން އެވަރު މުސާރައެއް ލިބޭކަމަށް،" - މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ނައިބު ރައީސް ސައުދުﷲ އަހުމަދު-

އޭނާ ވިދާޅުވީ ސަރުކާރުން ގެންނަން ބޭނުންވާ ބަދަލުތައް އައުމުން އިކޮނޮމީއަށް ބޮޑު ބޫސްޓެއް ނުވަތަ ކުރިއެރުމެއް އަންނާނެކަމަށެވެ. 

ލާމަރުކަޒީ އުސޫލުން ސަރުކާރު ޕްރޮޖެކްޓުތައް ހިންގަން މަސައްކަތް ކުރާއިރު، ސަރުކާރުގެ ކުންފުނިތަކުން ހިންގާ ޕްރޮޖެކްޓުތަކުގެ ޕްރޮޖެކްޓުތަކުން ބައެއް މަސައްކަތްތައް ކުދި އަދި މެދުފަންތީގެ ކުންފުނިތަކާއެކު ކުރަންޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް