ads
ރާއްޖެއަށް ފަތުރުވެރިން އައުން--
މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދެ ލައްކައަށް
މިއަހަރު ރާއްޖޭ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދެ ލައްކައަށް ވުރެ މައްޗަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ ޖުމްލަ އަދަދު 200,871 ގައި އުޅޭއިރު އޭގެ ތެރެއިން 96,882 މީހުންނަކީ ފެބްރުއަރީ މަހުގެ ތެރޭގައި އައި މީހުންނެވެ. މިމަހުގެ މިހާތަނަށް ވަނީ 11,886 މީހުން ރާއްޖެ ޒިޔާރަތްކޮށްފަ އެވެ.

އަދި މިއަދު 2755 ފަތުރުވެރިން ރާއްޖެއައިސްފައިވާއިރު މިމަހުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މިމަހުގެ އެންވަނަ ދުވަހު އެވެ. އެއީ 3394 ފަތުރުވެރިންނެވެ.

އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރި ގައުމުތަކަށް ބަލާއިރު ލިސްޓުގެ ކުރީގައި އުޅެނީ އިންޑިއާ އެވެ. އެގައުމުން 46,541 މީހުން އައިސްފައިވާއިރު ދެވަނާގައި އޮތް ރަޝިއާއިން ވަނީ 42,417 މީހުން އައިސްފަ އެވެ. އަދި އެ ލިސްޓުގެ ތިން ވަނާގައި ޔޫކްރެއިން އޮތީ 13,350 ފަތުރުވެރިނާއެކު އެވެ.  

މި އަހަރުގެ މިހާތަނަށް 663 ޓޫރިސްޓް ފެސިިލިޓީއަކުން ހިދުމަތް ދެމުންދާއިރު އޮޕަރޭޝަންގައި 45,083 އެނދު އެބަ އުޅެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް