ads
ލަންކާގައި މީހުން ވަޅުލުމުގެ ތެރެއިން
ލަންކާގައި ފުރަތަމަ ފަހަރަށް ކޮވިޑް ޖެހިގެން މަރުވި މުސްލިމަކު ވަޅުލައިފި
ކޮވިޑް-19 ޖެހިގެން ސްރީލަންކާގައި މަރުވި މުސްލިމަކު ފުރަތަމަ ފަހަރަށް ވަޅުލައިފި އެވެ.

ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މީހުން އަންދަމުން އައި ނަމަވެސް ވަރަށް ފަހުންވަނީ އެ ނިންމުން ބަދަލުކޮށްފަ އެވެ.

މިއަދު ލަންކާގައި ފުރަތަމަ ފަހަރަށް ކޮވިޑް ޖެހިގެން މަރުވި މީހަކު ވަޅުލާފައިވާއިރު ވަޅުލުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ އެގައުމުގެ ބަޑިކާލޯ ސަހަރުގެ އޮޓަމްވަޑީ ސަރަހައްދުގަ އެވެ.

އެ ސަރަހައްދުގައި ކޮވިޑް ބަލީގައި މަރުވެފައިވާ މީހުން ވަޅުލުމުގެ މަސައްކަތްކުރަމުން އަންނައިރު އެ މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ވަނީ ދެ މީހަކު ވަޅުލާފައެވެ. އަދި މިއަދު އިތުރު މީހުން ވަޅުލުމުގެ މަސައްކަތް ވެސް ކުރިއަށް ދާނެ ކަމަށް އެ ގައުމުގެ އާމީ ކޮމާންޑާ ޖެނެރަލް ޝަވެންދްރާ ސިލްވާ ވަނީ ވިދާޅުވެފަ އެވެ.

ކޮވިޑް ބަލީގައި މަރުވާ މީހުން ވަޅުލުމުގެ ހުއްދަ އެގައުމުގެ ސަރުކާރުން ދީފައިވަނީ ފެބްރުވަރީ މަހުގެ 25 ވަނަ ދުވަހުގަ އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ލަންކާއަށް ކޮވިޑްގެ ދެވަނަ ރާޅު ލައްވާލާއި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 81,933 އަށް އަރާފަ އެވެ. އަދި ބަލީގައި 459 މީހަކު މަރުވެފައިވެ އެވެ. 

މަރުވި އެންމެން ވެސް އެގައުމުގައި އަންދާލާފައިވާއިރު މިދިޔަ މާޗު މަހު ލަންކާ ސަރުކާރުން ކޮވިޑްގައި މަރުވާ މީހުން އަންދަން ނިންމީ ވަޅުލައިފިނަމަ، ބިމުގެ ފެންފަށަލަ ހަލާކުވެ، ވައިރަސް ފެތުރިދާނެކަމަށް އެގައުމުގެ ބުޑިސްޓުން ތުހުމަތުކުރުމުންނެވެ. 

ސަރުކާރުގެ އެ ނިންމުމާއި ދެކޮޅަށް އެތައް މުސްލިމުންނެއް ތެދުވެ ފާޑުކިޔާފައި ވަނީ ސަރުކާރުން ނިންމި ނިންމުމަކީ އެއްވެސް ސައިންޓިފިކް ހެއްކެއް ލިބިފައިނުވާ ކަމެއްގެ މައްޗަށް ބިނާކޮށް ނިންމުމެއް ކަމަށް ބުނެ އެވެ.

މުސްލިމުންގެ އާއިލާތަކުގެ ހުއްދައަކަށް ނޭދި ބަލީގައި މަރުވާ މީހުން އަންދަމުންދިޔުމާއި ގުޅިގެން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ދުނިޔޭގެ އެކި ޖަމިއްޔާތަކުން ވަނީ އެކަމުގައި ނުރުހުން ފާޅުކޮށްފަ އެވެ. 

އެ މައްސަލަ ހޫނުވެ، މިދިޔަ އަހަރުގެ ތެރޭގައި ލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ ވަނީ އެގައުމުގައި މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލައިދޭން ވެސް އެދިވަޑައިގެންފަ އެވެ. އެހެންނަމަވެސް ދިވެހިންގެ މެދުގައި ވެސް ދެބަސްވުން ބޮޑުވި އެ މައްސަލާގައި ލަންކާ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު މަޝްވަރާތައް ވެސް ކުރެވިގެންދިޔަ އެވެ.  

ލަންކާގެ އާބާދީގައި 21 މިލިއަން މީހުން ދިރިއުޅެމުން އަންނައިރު އޭގެ ތެރެއިން ދިހަ އިންސައްތަ މީހުންނަކީ މުސްލިމުންނެވެ. 

އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނީ އެންމެ ފަހުން، ލަންކާ އިން ކޮވިޑްގައި މަރުވާ މީހުން ވަޅުލުމުގެ ހުއްދަދޭން ނިންމާފައި މިވަނީ އެކަމާއި ގުޅޭ އުސޫލެއް ވެސް އާންމުކުރުމަށް ފަހެވެ. އެގޮތުން، އެމީހުން ވަޅުލުމުގެ ހުއްދަދީފައި ވަނީ ސިއްހީ ކަމާއި ބެހޭ ފަރާތްތަކުން ކަނޑައަޅާ ބިންތަކުގައި އެކަންޏެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް