ads
އިދިކޮޅު މުޒާހަރާގެ ތެރެއިން--ފޮޓޯ: ސީއެންއެމް
އޮފީސް ސަރަހައްދު ބަންދުކުރުމުން އެކި ސަރަހައްދުތަކުގައި އިހުތިޖާޖު ފަށައިފި
މުޒާހަރާކުރަން އުޅޭތީ ޕްރޮގްރެސް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ އޮފީސް ހިމެނޭ ސަރަހައްދު ބަންދުކުރުމާއިއެކު މާލޭގެ އެހެން ސަރހައްދުތަކުގައި އިހްތިޖާޖު ފަށައިިފި އެވެ.

އިދިކޮޅުގެ އިސް ލީޑަރުންނާއިއެކު އާއްމުންގެ ގިނަ ބަޔަކު ވަނީ މާލޭ އެކި ސަރަހައްދުތަކުގައި އިހުތިޖާޖު ކުރަން ފަށާފަ އެވެ. 

ފަސް މީހުންނަށްވުރެެ ގިނައިން އެއް ނުވެވޭގޮތަށް އޮއްވާ ގިނަ ބަޔަކު އެޗްޕީއޭގެ ގައިޑްލައިންއާއި ހިލާފަށް އެ ސަރަހައްދުތަކުގައި އިހްތިޖާޖު ކުރަމުންދާއިރު ފުލުހުން ވަނީ އެ ސަރަހައްދުން ވަކިވަކިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންގޮސްފަ އެވެ. 

ހެންވޭރު ކޮޅުގައި ހުންނަ ޕީޕީއެމް އޮފީސް ދޮށުން މިއަދު ހަވީރު 16:00 ގައި މުޒާހަރާ ފަށަން ހަމަޖެހިފައިވާތީ ފުލުހުން ވަނީ މާކުރިން އެ ސަރަހައްދުގައި ބެރިކޭޑް ޖަހާއި ބަންދުކޮށްފަ އެވެ. އެ ސަރަހައްދުގައި ފުލުހުން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ 

އާންމުންނަށް ނުވަދެވޭނެހެން އެ ސަރަހައްދު ފުލުހުން ބަންދުކުރިއިރު މިދިޔަ ހުކުރު ދުވަހުގެ އެއްވުން ވެސް ފުލުހުން ހުއްޓުވި އެވެ. އެކަމަކު ސަފުތައް ފަޅާލައި މުޒާހަރާ އެކި ސަރަހައްދުތަކުގައި ކުރި އެވެ. އެހެންނަމަވެސް މިއަދު އެ ސަރަހައްދުގައި އެއްވެސް ބަޔަކު ހަރަކާތްތެރިވަމުންނެއް ނުދެއެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް