އަދުރޭ
މަސައްކަތް ނިންމާނީ ގައުމު އަނބުރާ ދިވެހިންނަށް ހޯދައިދީފަ: އަދުރޭ
Share
މަސައްކަތް ނިންމާނީ ގައުމު އަނބުރާ ދިވެހިންނަށް ހޯދައިދީފަ ކަމަށާއި ކިތަންމެ ވަރަކަށް ހައްޔަރު ކުރިޔަސް ފަހަތަށް ނުޖެހޭނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެެވެ.
Advertisement

އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރަމުން އަންނަ މުޒާހަރާ ހުއްޓާ ނުލާ މިރޭ ދަންވަރާ ހަމަޔަށް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާއިރު މުޒާހަރާގެ ތެރެއިން މިހާތަނަށް 38 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. 

މާލޭ އެކި ސަރަހައްދުތަކުގައި އިދިކޮޅުގެ މުޒާހަރާގެ ބައިވެރިން އަޑު އުފުލަމުންދާއިރު އަބްދުއްރަހީމް ހިމެނޭ ގޮތަށް އިދިކޮޅުގެ އިސް ލީޑަރުން ތިއްބެވީ ޕީޕީއެމް އޮފީހުގައެވެ. 

މުޒާހަރާގެ ތެރެއަށް ނިކުމެވަޑައި ނުގަނެ ޕީޕީއެމް އޮފީހުގައި ހުންނަވާ އަބްދުއްރަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިދިކޮޅު ކޯލިޝަންގެ "މަސަައްކަތް ނިންމާނީ ގައުމު އަނބުރާ ދިވެހިންނަށް ހޯދައިދީފަ ކަމަށާއި، ސުލްހަވެރިކަން ގާއިމުކޮށްފަ ކަމަށެވެ. އަދި އެ މަސައްކަތް ނިންމާނީ، ރައީސް ޔާމީން މިނިވަންކޮށް އަނބުރާ ވެރިކަމަށް ގެނެސްފަ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"އަދުލު އިންސާފު ކަށަވަރުކޮށްދީފަ. ރައީސް ޔާމީން މިނިވަންކޮށް އަނބުރާ ވެރިކަމަށް ގެނެސްފަ. ހައްޔަރު ކުރާނެ ވަރަކަށް ކުރަންވީ. ފަހަތަށް ޖެހުމެއްނެތް. ޕީޕީއެމް ޕީއެންސީ ދާނީ ގައުމައިގެން ކުރިއަށް" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދަންމާލާފައިވަނީ ވެރިކަން ވެއްޓިދާނެ ކަމުގެ ބިރަށްޓަކައި ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ދައުރުގެ ބާކީ އޮތް ބަޔަށް އެކުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދަންމާލުމަށާއި އަދި އެ މުއްދަތުގެ ތެރޭގައި އެމްސީ ހަމީދުގެ ބެލުމުގެ ދަށުން ނޫނީ ދިވެހި ރައްޔިތުން މަގު މައްޗަށް ނުކުތުން މަނާކުރަން ވިސްނާލުން ރަނގަޅުނޫންތޯ އަބްދުއްރަހީމް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް