ads
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު
2023 ވަނަ އަހަރު ރައީސްކަމަށް ކުރިމަތި ލާނަން: ޖާބިރު
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކޮށް ރައީސްކަން ކާމިޔާބު ކުރާނަން ކަމަށް ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ޖާބިރު ވިދާޅުވީ، އެމްޑީޕީއިން ޕްރައިމަރީ ބާއްވަނީ ވަރަށް ނާތަހުޒީބުކޮށް ކަމަށާއި، އެހެންނަަމަވެސް އެމަނިކުފާނަކީ އެމްޑީޕީއަށް ޗެެލެންޖްކޮށް އަދި ހަތަރު ޕާޓީއާއި ވާދަކޮށް ކާށިދޫ ދާއިރާގެ ގޮނޑި ދިފާއުކުރައްވައިގެން އިންނެވި ބޭފުޅެއް ކަމަށެވެ.

"އާދެ އާދެ ހަމަ ވަރަށް ޔަގީން ކަމާއިއެކު މިދަންނަވަނީ ދެން އަޅުގަނޑަކީ ވަަރަށް ފޯރިގަ މަސައްކަތް ކުރާ މީހެއް އެމްޑީޕީއަށް ޗެެލެންޖްކޮށް އަދި ހަތަރު ޕާޓީއާއި ވާދަކޮށް ކާށިދޫ ދާއިރާގެ ގޮނޑިވެސް ހިއްޕަވައިގެން މި އިނީ. އަޅުގަނޑު މީގެ ފަހުން އެއްވެސް މީހެއްގެ ފަހަތަކަށް ނުނިކުންނާނަން. ކުރިއަށް ނިކުންނާނަން" ޖާބިރު ވިދާޅުވިއެވެ.

 ރައްޔިތުންގެ މަޖިލީހަށް ހޮވުމަށްޓަކައި ސަރުކާރުންވެސް ވަރަށް ބައިވަރު ލާރި ހަރަދުކުރިކަމަށާއި ސަރުކާރުގެ ވަސީލަތާއި މެޝިނަރީސްވެސް ބޭނުންކުރި ކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނަށްވުރެ ފޯރީގައި ކަމަށް ކަމޭހިތައިގެން މަަސައްކަތް ކުރައްވާ ބޭފުޅަކު ހުރިކަމަށްވެސް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ. 

އޭގެ އިތުރުން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމުގެ ޔަގީންކަން ޖާބުރު ދެއްވިއެވެ. ވަރަށް ކުރިއަށް އާދެވިއްޖެ ކަމަށާއި ދެންވެސް ކުރަންޖެހޭ ކަންކަން ކުރާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު އިތުރަށް ވިދާޅުވީ، ސިޔާސީ ކަންކަމަކީ ވަރަށް ޑާޓީ ގޭމެކޭ ކިޔާ އަޑުއިވޭ ކަމަށާއި، އެމަނިކުފާނަކީ ސިޔާސީ ކަންކަމުގަ ވަރަށް ސާފް ތޯހިރު ބޭފުޅެއްކަމަށެެވެ. އެއީ ވަރަށް މުހިންމު ގޭމެއްކަމަށާއި ވަރަށް ބަނިޔާދަންކޮށް ކުޅެންޖެހޭ ގޭމެއްކަމަށް ޖާބިރު ވިދާޅުވިއެވެ. ސިޔާސީ މީހުންނަކީ ހިތުގެ ލޯބި ހިތާ ހިތާ ގުޅިގެން ލިބޭ ވޯޓަކުން ހޮވޭ ބައެއްކަން ފާހަގަކުރައްވަމުން ޖާބިރު ވަނީ ރައްޔިތުންދެކެ ލޯބިވާންޖެހޭނެކަމަށާއި  ދޮގު ހަދާގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ. 

ނުވާކަންކަންވެސް ހުންނާނެކަމަށާއި އެހެންނަމަވެސް ނުވާނަމަވެސް އެކަންކަން ރަނގަޅަށް ރައްޔިތުންނަށް ސާފުކޮށްދޭންޖެހޭނެ ކަމަށް ޖާބިރު ވިދާޅުވިއެވެ. 

77%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް