ads
އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން--
ފުލުހުންނަށް ޗުއްޓީ ދިނުން ހުއްޓާލައިފި
ފުލުހުންނަށް ޗުއްޓީ ދިނުން ހުއްޓާލައިފިއެވެ.

ފުލުހުން މިރޭ ބުނީ ޗުއްޓީ ދިނުން ހުއްޓާލާފައިވަނީ ކޮވިޑް 19 ގެ ހާލަތު ގޯސް ވުމާއި ގުޅިގެން، ފުލުހުންގެ އޮޕަރޭޝަން ލެވެލް 2 އަށް ގެންގޮސްފައިވާތީ ކަމަށެވެ. 

ޗުއްޓީ ދިނުން ހުއްޓާލި ނަމަވެސް ފުލުހުންނާއި، އާއިލާ ގެ މެންބަރުންނަށް ދިމާވާ އެމަޖަންސީތަކާއި، އަދި ކައިވެނި ކުރުން ފަދަ ކަންކަމަށް ޗުއްޓީ ލިބޭނެކަމަށް ފުލުހުން ބުނެއެވެ. 

"މި ކަމާގުޅިގެން އެއްވެއް މުވައްޒަފަކު މިހާތަނަށް ޝަކުވާ ހުށަހަޅާފައެއް ނުވޭ،" 

ފާއިތުވި ފަސް ހަފްތާއިން ފެށިގެން ކޮވިޑް ޖެހެމުން އަންނަ މީހުންގެ އަދަދުތަކަށް ބަލާއިރު އުޅެނީ 900 އިން މަތީގައެވެ. 

ކޮވިޑްގެ ހާލަތު ގޯސްވަމުންދާތީ އިތުރު ފިޔަވަޅުތައް ވެސް މިހާރު ވަނީ އަޅާފަ އެެވެ. އޭގެ ތެރޭގައި މާލޭގައި ކާބޯތަކެތީގެ ހިދުމަތް ދޭތަންތަނުގެ ހިދުމަތްތަކަށް ގެނެވުނު ބަދަލުތަކާއި ކާފިއު ވަގުތު ވެސް އިތުރު ހަފްތާއަކަށް ދަންމާލުމުގެ އިތުރުން މަގުތަކަށް އެއް ފަހަރާއި ފަސް މީހުންނަށް ވުރެ އިތުރަށް ނިކުތުން ވަނީ މަނާކޮށްފަ އެވެ. 

އަދި ސިނަމާތައް ބަންދުކުރުމާއި ދުވުމަށް ހާއްސަ ޓްރެކްތައް ބަންދުކުރުމާއި ޕާކުތަކާއި މައިޒާންތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. އޭގެ އިތުރުން ޔުނިވާސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދިނުން ހުއްޓާލުމާއި އެކަނިކުރާ ކަސްރަތު ފިޔަވައި ކުޅިވަރުތައް ހުއްޓާލުމަށް ވަނީ ނިންމާފަ އެވެ. 

އޭގެ އިތުރުން އެޗްޕީއޭ އިން ވަކި ގޮތެއް އަންގަންދެން ބައެއް ކަހަލަ ހިދުމަތްތައް މެދުކަނޑާލަން ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި ޖިމްތަކުގައި ގްރޫޕް ކްލާސްތައް ބަންދުކުރުމާއި ސްކޫލުތަކަށް އަންގާފައި އޮތް އެންގުން ދެމެހެއްޓުމާއި އެއްގަމު އުޅަނދު ދުއްވުން ހަވީރު ހަޔަކުން ފަތިހު ހަޔަށް މަނާވާނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް