ads
ރިތޭޝް އަދި ޖިނެލިއާ
ތޭޝް އޭނާގެ އަންހެނުންނަށް ލޯބިން ކިޔަނީ “ޖީންސް”!
ބޮލީވުޑްގެ އެންމެ ލޯބި ކަޕްލްގެ ގޮތުގައި މަޝްހޫރްވެފައިވާ ރިތޭޝް އަދި ޖިނީލިއާގެ ކައިވެންޏަށް މިހާރު ވަނީ 18 އަހަރު ވެފައިވާއިރު ދެމީހުންގެ ލޯބި “ލަވް ސްޓޯރީ” މިވަނީ ޓީވީއަކަށް ދިން އިންޓަވިއުއެއްގައި ހިއްސާކޮށްފައެވެ

އެ ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ދެމީހުން ދިމާވިގޮތް ހިއްސާކުރަމުން ރިތޭޝް ބުނެފައިވަނީ ދެމީހުން އެންމެ ފުރަތަމަ ދިމާވެފައިވަނީ އެކީގައި ކުޅުނު ފުރަތަމަ ފިލްމުގެ ޝޫޓިންގެ ކުރިން  އެއާޕޯޓެއްގެ ތެރެއިން ކަމަށެވެ. 

އެތަނުން އޭނާއަށް ޖިނީލިއާ ތައާރަފް ކޮށްދިނީ ޖިނީލިއާގެ މަންމަ ކަމަށާއި ފުރަތަމަ ދުވަހުވެސް ޖިނީލިއާ ވަރަށް “އެޓިޓިޔުޑް” ދެއްކި ކަން ފާހަގަކުރެވުނު ކަމަށެވެ.

ޖިނީލިއާ ބުނީ ފުރަތަމަ ދިމާވެގެން އެހާ ބޮޑަށް ވާހަކަ ދައްކަން ބޭނުންނުވީ ރިތޭޝް އަކީ މުއްސަނދި އާއިލާއަކަށް ނިސްބަތްވާ މީހެއް ކަމަށްވާތީއާއި އޭނާ ނިސްބަތް ވަނީ އާދައިގެ އާއިލާއަކަށް ކަމަށްވާތީ ކަމަށެވެ.

ޖިނީލިއާ ބުނީ ރިތޭޝް އޭނާ އާއި ވާހަކަދެއްކި ފުރަތަމަ ދުވަހުވެސް އެންމެ ފުރަތަމަ އެހީ ނަމުގެ ވާހަކަ ކަމަށެވެ. އެގޮތުން އޭނަމާއަށް ކިޔަނީ “ޖިންނި” ތޯ ރިތޭޝް ސުވާލުކުރިކަމަށް ޖިނޭލިއާ ކިޔާދިނެވެ. 

“އެންމެ ފުރަތަމަވެސް އެހީ އަސްލުވެސް ކިޔަނީ ޖިންނި ހޭ. އަހަރެން ބުނިން ނޫނެކޭ އަހަރެންގެ ނަމަކީ ޖިނޭލިއާ އޭ”ޖިނޭލިއާ ކިޔާދިނެވެ

އެހެންނަމަވެސް ރިތޭޝް އޭނާއަށް ކިޔަނީ “ޖީންސް” ކަމަށް ޖިނޭލިއާ ކިޔާދިނެވެ. އެގޮތުން ކައިވެނި ކޮށްގެން ފުރަތަމަ ރިތޭޝްގެ ގެޔަށް ގޮސް ވެސް ރިތޭޝް ވާހަކަ ދައްކަނީ “ޖީންސް” ކިޔާފައި ކަމަށާއި އެހެން ކިޔަނީ ކީއްވެތޯ ރިތޭޝްގެ މަންމަ ވެސް އެހިކަމަށް ޖިނޭލިއާ ބުންޏެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް