ads
ޑރ. ޑީޑީ، ރައީސް ސޯލިހު އާއިއެކު..
ސިޔާސީ ނުފޫޒުން ތައުލީމީ މުއައްސަސާތައް މިނިވަންވާންޖެހޭ: ޑރ. ޑީޑީ
ސިޔާސީ ނުފޫޒުން ރާއްޖޭގެ ތައުލީމީ މުއައްސަސާތައް މިނިވަން ވާންޖެހޭކަމަށް ވިދާޅުވެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ، ޑރ. އިޔާޒްގެ ދިފާއުގައި ތެދުވެއްޖެ އެވެ.

މީސްމީޑިއާގައި ދެއްކެވި ވާހަކަތަކެއް ތަހުގީގު ކުރުމަށް މޯލްޑިިވްސް ނޭޝަނަލް ޔުނިވާސިޓީގެ ލެކްޗަރާކަމުގެ މަގާމުން ޑރ. އިޔާޒް ސަސްޕެންޑް ކުރުމާއި ގުޅިގެން އެބޭފުޅާގެ ދިފާއުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. ޑީޑީ ވިދާޅުވީ، ސިޔާސީ ނުފޫޒުން ތައުލީމީ މުއައްސަސާތައް މިނިވަންވާންޖެހޭ ކަމަށެވެ. 

މީގެއިތުރުން ޑރ. ޑީޑީ ވަނީ، ދީނީ މައްސަލަތަކުގައި އިލްމުވެރިން ފާޅުކުރައްވާ އިޖްތިހާދީ ރައުޔާ ގުޅިގެން ތައުލީމީ މުއައްސަސާތަކުން ފިޔަވަޅު އެޅުމަކީ، ޝަރުއީ އަދި ގާނޫނީ އެއްވެސް ހަމަޔަކުން ކުރެވިގެންވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. 

ޑރ. ޑީޑީގެ އިތުރުން ގިނަ ދީނީ އިލްމުވެރިންތަކެއް ވެސް އަންނަނީ ޑރ. އިޔާޒްގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ. އަދި ބައެއް ސިޔާސީ ބޭފުޅުން ވެސް ޑރ. އިޔާޒްގެ ދިފާއުގައި ވާހަކަ ދައްކަވަމުން އަންނަކަން ފާހަގަކޮށްލެވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް