ads
ކްރިމިނަލް ކޯޓް
ރުގްޔާގެ ނަމުގައި އަނިޔާކުރި މީހުންގެ ޝަރީއަތެއް މާދަމާއަށް ތާވަލުކޮށްފި
ރުގްޔާކުރުމުގެ ނަމުގައި ހަތަރު މައިން، ގެއެއްގައި ރަހީނުކޮށް އަނިޔާދީ ހަތް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ އިތުރު އަޑުއެހުމެއް މާދަމައަށް ކްރިމިނަކް ކޯޓުގައި ތާވަލު ކޮށްފި އެވެ.

މި އަޑުއެހުން ތާވަލު ކޮށްފައިވަނީ މާދަމާ ހެނދުނު 10:00 އަށެވެ. 

ދައުލަތުން މި މައްސަލައިގައި ދައުވާ ކޮށްފައިވަނީ ރ. ކަނދޮޅުދޫ، މިރިހިމާގެ އިސްމާއީލް ވަހީދުގެ މައްޗަށާއި ރ. ކަނދޮޅުދޫ، ދިލްސާދުއާގެ މުހައްމަދު އަސީލްގެ މައްޗަށެވެ.  

މި ދެމީހުންގެ މައްޗަށް ކޮށްފައިވާ މި ދައުވާ އަކީ 22 ޖޫން 2020 ދުވަހުން ފެށިގެން 30 އޮކްޓޫބަރު 2020 ދުވަހާއި ހަމައަށް އެކި ދުވަސްމަތިން އިސްމާއީލް ވަހީދުގެ އަނބިދަރިންނަށް ޖިސްމާނީ ހާނިއްކަކޮށް އެމީހުން ގެއިން ނިކުތަ ނުދީ ހިފަހައްޓައި، އިސްލާއީލް ވަހީދު އެގެއަށް ގެނައި މުހައްމަދު އަސީލް ކިޔާ މީހަކު ލައްވާ، ރުގްޔާ ކުރުމޭ ކިޔައިގެން، އިސްމާއީލް ވަހީދުގެ އަނބިދަރިންނަށް ޖިސްމާނީ އަނިޔާއާއި ޖިންސީ ގޯނާކުރި މައްސަލައާއި، އެކަން އިސްމާއީލް ވަހީދަށް އެނގިހުރެ ސިއްރުކުރި މައްސަލާގައި ކުރިދައުވާ އެކެވެ.

ދައުލަތުގެ ފަރާތުން އިސްމާއީލް ވަހީދުގެ މައްޗަށް ފަސް ދައުވާއެއް އަދި މުހައްމަދު އަސީލްގެ މައްޗަށް ހަތް ދައުވާއެއް ކޮށްފައިވެއެވެ.

އިސްމާއީލް ވަހީދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާތަކަކީ، ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދައުވާއާއި، މީހަކު ނުވަތަ ބަޔަކު ކުޑަކުއްޖަކާމެދު އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގާކަން އެނގި ހުރެ އެކުށް ރިޕޯޓުނުކުރުމުގެ ކުށުގެ ދައުވާ އާއި، ގައިގާ އަތްލުމުގެ ކުށުގެ ދެ ދައުވާއެއްގެ އިތުރުން ކުޑަކުއްޖަކާމެދު އިހުމާލުވުމުގެ ކުށުގެ ދައުވާއެވެ.

މުހައްމަދު އަސީލްގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކުގެ ތެރޭ ހިމެނެނީ؛ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާއާއި، ގައިގާ އަތްލުމުގެ ކުށުގެ ދައުވާ އާއި، އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާއާއި، ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދައުވާގެ އިތުރުން ކުޑަކުއްޖެއް އެކްސްޕްލޮއިޓް ކުރުމުގެ ކުށުގެ ދައުވާ އަދި ކުޑަކުއްޖެއްގެ ހާޒިރުގައި، ކުޑަކުއްޖަކަށް ދެއްކުމުގެ ނިޔަތުގައި ނުވަތަ ކުޑަކުއްޖަކަށް ފެންނާނެ ކަމަށް ގަބޫލުކޮށްގެން ޖިންސީ އަމަލެއް ކުރުމުގެ ކުށުގެ ދައުވާއެވެ. 

މިދިޔަ ހަފްތާގައި އެންމެ ފަހުން މި މައްސަލައިގެ އަޑުއެހުމެއް ބޭއްވި އިރު، އެދުވަހުގެ ޝަރީޢަތުގައި އިސްމާއީލް ވަހީދުގެ އިތުރުން މުހައްމަދު އަސީލުވެސް ވަނީ އެމީހުންނަށް ދައުލަތުން ކޮށްފައިވާ ދައުވާތަކަށް އިންކާރު ކޮށްފައެވެ.

މި މައްސަލައިގައި ދައުވާ ކޮށްފައިވާ އިސްމާއީލް ވަހީދުއަކީ އަނިޔާ ލިބުނު އަންހެން މީހާ ކައިވެނީގެ ގޮތުން ގުޅިގެން އުޅޭ މީހެކެވެ. އަދި މި މައްސަލައިގައި ހިމެނޭ ކުޑަކުދިންނަކީ އޭނާގެ ދޮންދަރިންނެވެ. މީގެ އިތުރުން މި މައްސަލައިގައި ދައުވާ ކޮށްފައިވާ މުހައްމަދު އަސީލަކީ އަންހެންމީހާއަށް ރުގްޔާ ކުރުމުގެ ނަމުގައި މަސައްކަތް ކުރި މީހެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް