ads
ފޮޓޯ:އެމްއެންޑީއެފް
އިންތިހާބާ ކައިރިކޮށް އަނެއްކާވެސް ކުމުންދޫގައި އަލިފާނުގެ ހާދިސާއެއް
ހދ. ކުމުންދޫގައި އަލިފާނުގެ ހާދިސާއެއް މިއަދު ހިނގައިފި އެވެ.

ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކުމުންދޫގެ ވަލުގެ ވަރަށް ބޮޑުބައެއް ވަނީ ރޯވެ އަނދާފައި ކަމަށެވެ. އެގޮތުން 40،000 އަކަފޫޓުގެ ސަރަހައްދެއް ވަނީ އަނދާ ހުލިވެފައި ކަމަށް ވެސް އަމީން ހާމަކުރެއްވި އެވެ.

އަދި އަލިފާނުގެ ހާދިސާ ހިނގި ހިސާބުގައި ހުރި އެމްޑަބުލިއުއެސްސީ ތަނަކަށް ވެސް ވަނީ އަލިފާނުގެ އަސަރުކޮށްފައި ކަމަށް ވެސް އަމީން ވިދާޅުވި އެވެ. 

މީގެ އިތުުރުން އަމީން ވިދާޅުވީ އެރަށުގައި އިންތިހާބާ ގާތްކޮށް، އަލފާނުގެ ހާދިސާ ހިނގުމަކީ ވަރަށް އާންމުކަމެއް ކަމަށެވެ. ނަމަވެސް މި ފަހަރުގެ ހާދިސާއަކީ ބަޔަކު ގަސްދުގައި ކުރިކަމެއްކަން ނުވަތަ ނޫންކަން އަދި ނޭނގޭ ކަމަށް ވެސް ވިދާޅުވި އެވެ. 

އަމީން ވިދާޅުވީ އަލިފާން ކޮންޓްރޯލް ކުރެވުނީ މެންދުރު ފަހު 1:30 ހާއިރު ކަމަށާއި މިކަމުގައި ސިފައިންނާއި އާންމުން ހަރަކާތްތެރިވެފައިވާ ކަމަށެވެ. 

އެމްއެންޑީއެފުން ބުނީ، މިއަދު ކުމުންދޫ ވަލުތެރޭ އަލިފާން ރޯވެފައިވާކަމުގެ މައުލޫމާތު ލިބިފައި ވަނީ މެންދުރު 11:30 ހާއިރު ކަމަށެވެ. މައުލޫމާތު ލިބުމާއެކު އެމްއެންޑިއެފް ނޮދާން އޭރިއާ، ހދ. ކުޅުދުއްފުށީ ފަޔާ ސްޓޭޗަނުން ވަނީ ހަރަކާތްތެރިވެފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި އަލިފާންގަނޑު ކޮންޓްރޯލްކުރެވުނީ ރޯވިތާ ދެ ގަޑިއިރު ފަހުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް