ads
2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ތެރެއިން: ފޮޓޯ / އަވަސް
ރީރަޖިސްޓްރޭޝަންގެ މުއްދަތު ހަމަވާނީ މިމަހުގެ 11ގައި!
އޭޕްރީލް މަހުގެ 10 ގައި ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓުލާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ރީ-ރަޖިސްޓްރޭޝަންގެ ފުރުސަތު މިމަހުގެ 11ވަނަ ދުވަހަށް ހަމަވާނެކަމަށް އިލެކްޝަންސް ކޮމިޝަންއިން ބުނެފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓުލާ ފަރާތްތަކަށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، މިމަހުގެ ދެވަނަ ދުވަހުއެވެ. 

އީސީން ބުނީ، ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެންތަނަކަށް ވޯޓުލުމަށް ރަޖިސްޓްރީކުރަން ބޭނުންވާ ފަރާތްތަކުގެ ތެރެއިން މިހާރު ވޯޓުލުމަށް ރަޖިސްތްރީވެފައިވާ ތަނުގެ މައުލޫމާތު ކޮމިޝަނުގެ ވެބްސައިޓުން އަދި 1414އަށް އެސްއެމްއެސް ކުރެއްވުމުންވެސް ލިބޭނެކަމަށެވެ. 

ރީރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފޯމް ކޮމިޝަނުގެ ވެބްސައިޓުގެ އިތުރުން އިންތިހާބާއި ބެހޭ މަރުކަޒުން އަދި އެހެން އަތޮޅުތަކުގެ ފޯކަލް ޕޮއިންޓުން ލިބެންހުރިއިރު، ފޯމް ބަލައިގަންނަމުން ދާނީ މާލޭގައިނަމަ މެންދުރު 15:00އަށް އަދި އަތޮޅުތަކުގައި ނަމަ މެންދުރު 13:00 އަށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ދެ ލައްކަ އަށްވުރެ ގިނަ މީހުން ވޯޓުލުމަށް ހަމަޖެހިފައިވާއިރު، މާލޭ ސިޓީގައި 51،499 ފަރާތަކުން ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވެއެވެ.

އަދި އައްޑޫސިޓީގައި 25،055 މީހަކު، ފުވައްމުލަކުން 9،177 މީހަކާއި، ކުޅުދުއްފުށީ ސިޓީގައި 6،825 އޭގެއިތުރުން އެހެނިހެން އަތޮޅުތަކުން 179،924 ފަރާތަކުން ވޯޓުލުމަށް ވަނީ ރަޖިސްޓްރީކޮށްފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް