ads
ދުންޔާ މައުމޫން
ދުންޔާގެ ތާއިދު މުއިއްޒަށް: ސަރުކާރުގެ ޕަޕެޓަކަށް ނުވާނެކަމުގެ ޔަގީންކަން އެބައޮތް!
އޭޕްރީލް މަހުގެ 10 ގައި ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން، އިދިކޮޅު ކޯލިޝަންގެ ފަރާތުން ކުރިމަތިލައްވާފައިވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަކީ ސަރުކާރުގެ ޕަޕެޓަކަށް ނުވާނެކަމުގެ ޔަގީންކަން އޮތް ބޭފުޅެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ދުންޔާ ވިދާޅުވީ، މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއަން، ޑރ. މުއީޒަކީ، މާލޭގެ ރައްޔިތުންގެ ކަނބޮޑުވުންތަކާއި އިހުސާސްތައް އަޑުއަހާނެ ބޭފުޅެއް ކަމަށެވެ. 

އަދި އެމަނިކުފާނަކީ "ސަރުކާރުގެ ޕަޕެޓަކަށް ނުވާނެކަމުގެ ޔަގީންކަން އޮތް، ބޯހިޔާވަހިކަމުގެ ހައްގު ހޯދައިދިނުމަށް މަސައްކަތްކުރާނެ ގާބިލް ހާދިމެއް" ކަމަށް ދުންޔާ ވިދާޅުވިއެވެ. 

ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއަން، ޑރ. މުހައްމަދު މުއިއްޒުއަށް ދުންޔާ ތާއިދު ކުރައްވާފައިވާއިރު އެކަމަނާއަކީ، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެެކެވެ. އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުﷲ ގައްޔޫމް، އިދިކޮޅު އެމްޑީޕީއަށް ތާއީދުކުރެއްވި އިރުވެސް ދުންޔާ ހުންނެވީ ރައީސް ޔާމީންގެ ފަހަތްޕުޅުގައެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް