އަސް----
އައްޑޫއަށް އުފާވެރި ދުވަހެއް: އަސްތައް އައްޑޫއަށް ގެންގޮސްފި!
Share
އައްޑޫސިޓީއަށް ގެންނަން ހަމަޖެހިފައިވާ އަސްތައް އެ ސިޓީއަށް ގެންގޮސްފި އެވެ.
Advertisement

މިކަން ހާމަކޮށް މޯލްޑިވްސް ސްޓޭޓް ޝިޕިން އެޖެންސީގެ ފަރާތުން ބުނީ، މި އަސްތައް ސަލާމަތްތެރި ކަމާއިއެކު އައްޑޫއަށް ގެންދެވިފައިވާ ކަމަށެވެ. 

ސަދަން ސްޓޭލިއަންސް ކުންފުނިީގެ ފަރާތުން އައްޑޫއަށް ގެންނައި މި އަސްތައް ނުބެލެހެއްޓިދާނެކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ފާޅުކުރިއެވެ. އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ ރަނގަޅު ވެޓް ކްލިނިކެއް ވެސް ނެތުމެވެ. 

އެކަމަށް ރައްދު ދެމުން ސަދަން ސްޓޭލިއަންސް އިން ބުނީ އަސްތައް ރަނގަޅަށް ބެލެހެއްޓުމުގެ ގޮތުން އެ އަސްތައް ޝިޕްކުރުމުގެ މާކުރިން ވެޓްގެ ހިދުމަތާއި ކާނާ އާއި ބޭހުގެ ކަންކަން ވެސް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ކަމާއި ބެހޭ ފަރާތްތަކާއި އެކަމުގައި މަޝްވަރާކުރެވި، ހާއްސަ ސަމާލުކަމެއް ވެސް ދީފަވާ ކަމަށް ބުނެ އެވެ. 

އަސްތައް އައްޑޫ ސިޓީއަށް ގެންގޮސްފައިވާއިރު މިއީ އައްޑޫސިޓީގެ އެތައް ބައެއްގެ ދިގު އިންތިޒާރަކަށް ނިމުމެއް ގެންނާނެ ދުވަހެކެވެ. 

އައްޑޫ ސިޓީއަށް ފަސް އަސް ގެނައުމަށް ފިޝަރީޒް މިނިސްޓްރީން ހުއްދަދީފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގަ އެވެ.  

އައްޑޫގެ ޒުވާނުންތަކެއް އިސްނަގައިގެން އެ ސިޓީއަށް އަސްތަކެއް ގެނައުމުގެ މަސައްކަތްކުރަމުންދާކަން އިއުލާންކުރެއްވީ ރައްޔިތުންގެ މިޖިލީހުގެ ޖަލްސާއެއްގައި މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދެވެ. އެގޮތުން އަސްތައް ގެނައުމުން އައްޑޫ ރައްޔިތުންނަށް ވެސް އަދި އެސިޓީއަށް ޒިޔާރާތްކުރާ ފަތުރުވެރިންނާއި މެހެމާނުންނަށް ވެސް އެއަށް އަރާލެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް މަޖިލިސް ރައީސް ވިދާޅުވި އެވެ. 

އަސް ގެންނަ ވާހަކައަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ޖޯކު ޖަހަމުން އައި ނަމަވެސް އަނެއް ބަޔަކު އަންނަނީ މިއަށް އަރާލަން ބޭނުންވާތީ އެކަމުގެ ޝައުގުވެރިކަން ވެސް ފާޅުކުރަމުންނެވެ. މީގެކުރިން ރާއްޖޭގެ ބައެއް ރިސޯޓްތަކަށް ވެސް ވަނީ އަސް ގެނެސްފައެވެ.

68%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
4%
ސަތޭކައަކުން ސުމެއް
18%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް