އެޗްޕީއޭ އިން އާއްމުކުރި ކޮވިޑްގެ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު ފާއިތުވި 24 ގަޑިއިރު ތެރޭގައި 4،318 ސާމްޕަލެއް ޓެސްޓް ކުރެވިފައިވާއިރު، އޭގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 98 މީހުންނެވެ.
އަދި މާލޭ ސަރަހައްދުން ޕޮޒިޓިވްވީ 78 މީހުންނެވެ. އަދި އަތޮޅުތަކުން 6 މީހަކާއި ރިސޯޓުތަކުން 10 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
މިއާއެކު މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 20،663 އަރާފައެވެ. އަދި ހޮސްޕިޓަލް ތަކުގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދުތައް ވެސް މިރޭ ދަށްކަން ފާހަގަކުރެވެ އެވެ. އެގޮތުން މިވަގުތު ހޮސްޕިޓަލްގައި ފަރުވާދެމުންދަނީ 161 މީހުންނަށެވެ.
ރާއްޖޭއިން މިބަލިން މިހާތަނަށް ރަނގަޅުވެފައިވަނީ 17،979 މީހުންނެވެ. އަދި ރާއްޖެއިން ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު ވަނީ 64 އަށް އަރާފަ އެވެ.