ads
އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް އިންޑިއާގައި ބޭއްވި އެއްވުމެއް--
އަންހެން ދަރިފުޅުގެ ބޯ ބުރިކުރި މީހަކު އިންޑިއާގައި ހައްޔަރުކޮށްފި
އަންހެން ދަރިއެއްގެ ބޯ ބުރިކޮށްލުމަށް ފަހު އެކަމަށް އެއްބަސްވި ފިރިހެނަކު އިންޑިއާގެ އުއްތަރު ޕްރަދޭޝް ސްޓޭޓުގެ ފުލުހުން ހައްޔަރުކޮށްފި އެވެ.

ސަރްވޭޝް ކުމާރް ހައްޔަރު ކުރީ އޭނާގެ 17 އަހަރުގެ ދަރިފުޅު ބޯބުރި ހިފައިގެން ފުލުސް އޮފީހަށް ދިޔަ މަގުމަތީގައި ކަމަށް ސީއެންއެންއިން ރިޕޯޓު ކުރެ އެވެ.

އޭނާ ފުލުހުންނަށް ދިން ބަޔާނުގައި ބުނެފައި ވަނީ ދަރިފުޅު ޒުވާން ފިރިހެނަކާ އެއްކޮށް ހުއްޓާ ފެނުމުން އޭނާ ރުޅި އައީ ކަމަށެވެ.

ދަރިފުޅުގެ ބޯ ބުރިކޮށްލުމަށް ފަހު އެއް މޭލު ދުރުގައި ހުރި ފުލުސް އޮފީހަށް ހިނގާފައި ދިޔަ މަންޒަރު ފެނި އެކަން ފުލުހުންނަށް އެންގީ މަގުމަތީގައި އުޅުނު މީހުންނެވެ. އަދި ބައެއް މީހުން އެ މަންޒަރު ވީޑިއޯކޮށްފައި ވެއެވެ. 

"އޮނާ ކިލިންގްސް" ނުވަތަ އަބުރު ރައްކާތެރި ކުރުމަށް ދަރިން މެރުމުގެ 24 މައްސަލައެއް 2019 ވަނަ އަހަރު އިންޑިއާގައި ރިޕޯޓުކޮށްފައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް