ads
ދަރިވަރުންތަކެއް---- ފޮޓޯ: ރާއްޖެއެމްވީ
ދެން ބޮޑު ޗުއްޓީ ލިބޭނީ ޖޫން މަހު!
ދިރާސީ އާ އަހަރުގެ ކިޔެވުން އޮގަސްޓް މަހު، ފަށާއި، ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމި ނިންމުމާއެކު ދެން ކޮންމެ އަހަރެއްގެ ވެސް ބޮޑު ޗުއްޓީ ލިބޭނީ ޖޫން މަހުގެ ފަހުކޮޅު ކަމަށް މިނިސްޓްރީން ބުނެފި އެވެ

މީގެ ކުރިން ދިރާސީ އަހަރު ފަށަނީ ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީ މަހުގެ ކުރީކޮޅެވެ. އަދި ދެވަނަ ޓާމްގެ ކިޔެވުން ނިންމާލާއި، ރިޕޯޓް ފޮތް ނޮވެމްބަރު މަހުގެ ފަހުކޮޅު ދެ އެވެ. އެއާއެކު ދަރިވަރުންގެ ބޮޑު ޗުއްޓީ ފެށިގެންދާއިރު، ބޮޑު ޗުއްޓީގެ ގޮތުގައި ދޮޅު މަސް ލިބިގެންދެ އެވެ. 

މިއަދު އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މީގެ ފަހުން ދިރާސީ އަހަރު ފެށިގެން ދާނީ ކޮންމެ އަހަރެއްގެ ވެސް އޮގަސްޓް މަހުގެ ތެރޭގައި ކަމަށާއި މި ބަދަލާއެކު ދެން ބޮޑު ޗުއްޓީ ލިބޭނީ ޖޫން މަހުގެ ފަހުކޮޅާއި ޖުލައި މަހުގެ ކުރީކޮޅު ކަމަށެވެ. 

މިނިސްޓަރު ވިދާޅުވީ ފުރަތަމަ ޓާމު ނިންމާ، ޓާމު ބަންދާއެކު ދެ ހަފްތާ ނުވަތަ ތިން ހަފްތާ ޑިސެމްބަރު ފަހުކޮޅު ވެސް ލިބޭނެ ކަމަށެވެ. 

ބޮޑު ޗުއްޓީއަށް ބަދަލު ގެންނަން ނިންނި ސަބަބުތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މީހުންނަށް ޑިސެމްބަރު މަހު ބޮޑު ޗުއްޓީ ލިބުނަސް އެމީހުންގެ އާއިލާތަކާއެކު ޗުއްޓީ ހޭދަކުރަން ފުރުސަތު ނުލިބުން ހިމެނެ އެވެ. އެގޮތުން އަހަރުގެ ފަހުކޮޅަކީ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ދުވަސްވަރެއްކަމުން، އެ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ޗުއްޓީ ހޯދަން ދަތިވެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް