ads
ހެލްތު މިނިސްޓަރު ވެކްސިން ޖައްސަވަނީ--
ދެ ޑޯޒް ޖެހުމުން ކަރަންޓީނު ނުވެ ރަށްރަށަށް ދަތުރުކުރެވޭނެ
ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުން ރަށްރަށަށް ކަރަންޓީނުނުވެ ދަތުރުކުރެވޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ އަޑުގެ އަހާށޭ ބުނާނަން ޕްރޮގްރާމުގައި އާންމު ރައްޔިތަކު ވަނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުން ރަށްރަށަށް ކަރަންޓީނު ނުވެ ދަތުރުކުރެވޭނެތޯ ސުވާލުކޮށްފަ އެވެ. އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވަނީ ދެ ޑޯޒް ފުރިހަމަކުރުމުން ކަރަންޓީނު ނުވެ ދަތުރުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ. 

އޭގެ އިތުރުން، ރާއްޖޭގައި ވެކްސިން ގްރީން ކާޑެއް ތައާރަފުކުރުމުގެ ވިސްނުން ގެންގުޅުއްވާތޯ ކުރެވުން ސުވާލެއްގައި މިނިސްޓަރު ވަނީ ވެކްސިން ޕާސްޕޯޓެއް ތައާރަފުކުރުމަށް ނިންމާފައިވާ ކަމަށެވެ. 

އެގޮތުން ދެ ޑޯޒް ވެކްސިން ޖަހާފައިވާ މީހުންނަށް ދަތުރުކުރުމަށް ދުނިޔޭގެ ގައުމުތަކުގެ މެދުގައި ހުރަސްތަކެއް ނޫޅޭކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުން ދޭނެ ލުއިތަކާއި ގުޅިގެން މިހާރު ކަމާއި ގުޅޭ އިދާރާތަކާއި ވެސް މަޝްވަރާކުރަމުން އަންނަ ކަމަށެވެ. 

"އެނގިވަޑައިގަންނަވާނެ މި ދެ ޑޯޒް ދޭތެރޭގަ ވެސް ގާތްގަނޑަކަށް ދެ މަސް ތިން މަސް އެބަ ބޭނުންވޭ. އެ ހިސާބުން އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެ. ފަސޭހަވާނެ އިރާދަކުރެއްވިއްޔާ،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި ވެކްސިން ދޭން ފަށާފައި ވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހު އެވެ. އެގޮތުން އިންޑިއާއިން ހަދިޔާކުރި އެއް ލައްކަ ޑޯޒްގެ ވެކްސިނާއެކު ވެކްސިން ޕްރޮގްރާމު ފެށިގެން މިހާރު ކުރިއަށްދާއިރު މިހާތަނަށް 145،768 މީހަކު ވަނީ ވެކްސިން ޖަހާފަ އެވެ. ވެކްސިންގެ ދެވަނަ ޑޯޒް ރާއްޖޭގައި ޖަހާނީ ފުރަތަމަ ޑޯޒް ޖަހާތާ އަށް ހަފްތާ ފަހުންނެވެ. 

މިހާތަނަށް ރާއްޖެއިން ވިހި ހާހަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވެ އެވެ. މާލޭގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތުމާއެެކު ރަށްރަށަށް ދަތުރުކުރުމަށް ފަހު އެންމެ ފުރަތަމަ ޖެހުނީ 14 ދުވަހަށް ކަރަންޓީނުވާންށެވެ. ނަމަވެސް ފަހުން ވަނީ ކަރަންޓީނުވާންޖެހޭ މުއްދަތު 10 ދުވަހަށް މަދުކޮށްފަ އެވެ. 

90%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް