ads
މިޔަރު ހަމަލާ ދިން މީހާ ފަރުވާ ދިނުމަށް ގެންދަނީ-
މިޔަރެއް ހަމަލާދިން މީހަކު ހާލު ސީރިއަސްވެ، މާލެ ގެެންނަނީ!
ފަތުރުވެރިޔަކަށް މިޔަރެއް ހަމަލާދީގެން ހާލު ސީރިއަސްވެ، އިތުރު ފަރުވާއަށް ފޮނުވާލައިފި އެވެ.

ފީއަލީ ކައުންސިލުން ސީއެންއެމްއަށް މައުލޫމާތު ދީފައިވާ ގޮތުގައި އެ ފަތުރުވެރިޔާގެ ފައިގެ ފަލަމަސްގަނޑަށް ވަނީ މިޔަރު ހަމަލާ ދިނުމުގެ ސަބަބުން ބޮޑުކޮށް ޒަހަމްވެފައެވެ. އަދި ފީއަލީ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އޭނަ މާލޭ މިއަދު އިރު އޮށްސި 18:00 ހާއިރު ފޮނުވާލާފައިވަނީ އޭނަގެ ހާލު ސީރިއަސްވެގެން ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ. 

މި ހާދިސާ ހިނގާފައިވަނީ ފ. ފިލިތެޔޮ އައިލެންޑް ރިސޯޓްއަށް އައި ފަތުރުވެރިއަކު ސްނޯކްލީން އަށް ގޮސް އުޅެނިކޮށް ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

މިހާދިސާ ހިނގުމާއިއެކު އެ ފަތުރުވެރިޔާ ވަނީ އެ އަތޮޅު ފީއަލީ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދީފައެވެ. އެހެންނަަމަވެސް މިޔަރު އޭނަގެ ފަލަ މަސްގަނޑުގައި ހިފާ ބޮޑު ޒަހަމެއް ލިބިފައިވުމުގެ ސަބަބުން ފަތުރުވެރިޔާގެ ހާލު ސީރިއަސް ކަމަށް ފެންނާތީ އިތުރު ފަރުވާއަށް މާލެ ފުރުވާލާފައިވަނީ އެއާ ޓެކްސީއެއްގައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް