ads
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް——
ޓްރާސްޕޯޓް އޮތޯރަޓީ އުވާލުމަށް ވާނީ މަޖިލީހަށް ހުށަހަޅާފަ: ރައީސް
ޓްރާސްޕޯޓް އޮތޯރަޓީ އުވާލަން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބަށް ސަރުކާރު ނިސްބަތްވާ އެމްޑީޕީން ކެމްޕެއިން ކުރުމަށްޓަކައި ރަށްވެހި ފަތިސް ކެންޑިޑޭޓުންނާއި ކެމްޕެއިން ޓީމްތަކާއިއެކު ބާއްވާ ބައްދަލުވުމުގައި މިރޭ ބައްދަލުކޮށްފައިވަނީ މާލޭ ސިޓީ ކައުންސިލްތަކާ އެވެ. 

މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާލޭ ސިޓީ ކައުންސިލްތަކުން ވަނީ ޓްރާސްޕޯޓް މިނިސްޓްރީއާއި އެ އޮތޯރަޓީގެ މަސައްކަތްތައް ލަސްވުމާއި އޭގެ އިތުރުންވެސް ބޮޑެތި ކަންބޮޑުވުންތަކެއް ފާހަގަކޮށްފައެވެ. 

އެކަމަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހް ވަނީ ޓްރާސްޕޯޓް މިިނިސްޓްރީގައި ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށާއި އެ މިނިސްޓްރީގެ މަސައްކަތްތައް ވަރަށް ބޮޑަށް ލަސް ކަމަށްވެެސް ވިދާޅުވެފައެވެ. 

ސޯލިހް ވިދާޅުވީ މިހާރު ވާނީ ޓްރާސްޕޯޓް އޮތޯރަޓީ އުވާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ ކަަމަަށެވެ.

"ޓްރާސްޕޯޓް މިނިސްޓްރީގައި މައްސަލަތަކެއް އެބައުޅޭ އޭގަ އެބައުޅޭ ބާރުތައް ފުށުއެރުމުގެ މައްސަލަތަކެއްވެސް އޭގެ އިތުރަށް އަޅުގަނޑަށްވެސް ފެންނަނީ ހަމަ އެތަނުގަ މައްސަލަތައް ހިނގުން ލަސްކަމަށް. ޓްރާސްޕޯޓް މިނިސްޓްރީއާއި ޓްރާސްޕޯޓް އޮތޯރަޓީއާއި ދޭތެރޭގައި ގާނޫނީ ފުށޫއެރުންތަކެއްވެސް ހުރުމާއިއެކީގަ އެބަ މައްސަލަތަކެއް ނިކުމޭ މިހާރު އަޅުގަނޑުމެން ވާނެ ރައްޔިތުންގެ މަޖިލީހަށް ޓްރާސްޕޯޓް މިނިސްޓްރީ އުވާލުމަށް ހުށަހަޅާފަ" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ، އެއާއެކީގައި މިނިސްޓްރީގެ އޮނިގަނޑަށް ގެެނެވޭ ބަދަލުތަކާއިއެކު އެ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށާއި މިކަމުގައި ސިޓީ ކައުންސިލްތަކަށްވެސް ކުރެވިދާނެ މަސައްކަތްތަކެއް ވެސް އެބަހުރިކަމަށް ފެންނަ ކަމަށެވެ. 

އެގޮތުން ހުރިހާ ސިޓީ ތަކެއްގެ ވެހިކަލްތައް ބެލެހެއްޓުމާއި ރަޖިސްޓްރީ ބެލެހެއްޓުމަކީ ލާމަރުކަޒީ ކޮށްގެން ބާރުތައް ދޫކޮށްލެވިއްޖެނަމަ ފަސޭހަތަކެއް މިނިސްޓްރީއަށާއި މައި ސަރުކާރަށް އަންނާނެ ކަމެއް ކަަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. 

ޓްރާސްޕޯޓް އޮތޯރަޓީ އުވާލަން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާނެ ކަމަށް ރައީސް ވިދާޅުވެފައިވާއިރު ޑްރައިވިން ސްކޫލްތަކުގެ ހިންގުން ވަގުތީގޮތުން ހުއްޓުމަކަށް ގެނެވިފައި އޮތުމުން ޑްރައިވިން ސްކޫލްތަކުން ޓްރާސްޕޯޓް މިނިސްޓްރީ ދޮށުގައި މިއަދު ވަނީ މުޒާހަރާވެސް ކޮށްފައެވެ.

އެ މައްސަލައާއި ގުޅިގެން ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ޖަޒްލާން މިއަދު ވިދާޅުވީ، އިހުތިޖާޖުގެ ބައިވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ގެނައުމަށް މިހާރު އެފަރާތްތަކާއި އެކު ކުއްލި ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. 

ޖަޒްލާން ވިދާޅުވީ، އިހުތިޖާޖުގެ ބައިވެރިންގެ އެންމެ ބޮޑު ޑިމާންޑަކީ ޑްރައިވިން ސްކޫލްތަކުގެ ހިންގުން ވަގުތީގޮތުން ހުއްޓުމަކަށް ގެނެވިފައި އޮތުމުން އެކަމަށް ހައްލެއް ގެނައުން ކަމަށެވެ. އެހެންކަމުން އެކަމަށް ހައްލެއް ގެނެސް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އަލުން ޑްރައިވިން ސްކޫލްތައް ހިންގަން އަލުން ފެށޭނެގެ ގޮތެއް ހެދުމަށް މަޝްވަރާކުރި ކަމަށްވެސް ޖަޒްލާން ވިދާޅުވިއެވެ. 

ޑްރައިވިން ސްކޫލްތައް ހުއްޓުމަކަށް ގެންނަން މިނިސްޓްރީން ނިންމާފައިވަނީ، ކޮވިޑް ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ކަމަށާއި، ނަމަވެސް ގައިޑްލައިނެއްގެ ތެރެއިން ޑްރައިވިން ސްކޫލްތައް ހިންގުމަށް އަލުން ހުއްދަ ދިނުމަށް މިނިސްޓްރީން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް ޖަޒްލާން ވިދާޅުވިއެވެ.

40%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް