ads
މޯޑްއާ އެކު މެރަތަންގައި ބައިވެރިވި ދިވެހިން
ތުރުކީ މެރަތަންއިން އެއްވަނަ ދިވެއްސަކަށް
ތުރުކީވިލާތުގައި އާދިއްތަ ދުވަހު އޮތް ރަނޮތާލިއާ މެރަތަންއިން އެއްވަނަ ދިވެހި ސިފައިންގެ ކްލަބުގެ މުހައްމަދު ރަޝީދު ހޯދައިފިއެވެ.

ތުރުކީގެ ގެ އަންތާލިޔާގައި މިއަދު ކުރިއަށްދިޔަ ރަނޮތާލިއާ މެރެތަން އިން މޯޑު އެއްވަނަ ހޯދީ، ދެ ގަޑިއިރާ ތިރީސް ހަތް މިނިޓް ނުވަ ސިކުންތުން ރޭސް ނިންމައިގެންނެވެ. މިއީ ރާއްޖޭން ބޭރުގައި އޮތް މެރަތަންއެއްގައި ދިވެއްސަކު ވާދަކޮށް ހޯދި އެންމެ ބޮޑު އެއް ކާމިޔާބީއެވެ.

އުމުރުން 28 އަހަރުގެ މޯޑަކީ ދެހާސް ސޯޅަވަނަ އަހަރުން ފެށިގެން މެރަތަން ދުވަމުން އަންނަ އެތްލީޓެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް