ads
ޑރ. އިޔާޒް
ސަސްޕެންޑުކުރި މައްސަލަ ސާފެއް ނޫވޭ: ޑރ އިޔާޒް
އެކަހެރިކޮށް ސަސްޕެންޑު ކުރާ ސަބަބަކީ ޢާއްމުންގެ ފަރާތުން ހުށަހަޅާފައިވާ ޝަކުވާތަކެއް ސީނިއަރ މެނޭޖްމަންޓުން ބައްލަވަމުން ގެންދަވާތީ ކަަމަށް ގައުމީ ޔުނުވީސިޓީން ވިދާޅުވެފައި ވީ ނަމަވެސް، އެއީ ކޮން ޝަކުވާތަކެއްކަމެއް ބުނެދީފައި ނުވާކަމަށް ދިނީ އިލްމުވެރިއާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

 ސަސްޕެންޑުކުރުމާއި ގުޅިގެން ސަރުކާރުގެ ގައުމީ ޔުނިވާސިޓީގެ އެޗްއާރަށް ފޮނުވި ސިޓީގައި ޑރ. އިޔާޒު ވަނީ އެ ތުހުމަތުތައް ސާފުކޮށްދިނުމުގެ އިތުރުން، އެ ތުހުމަތުތަކަށް ޖަވާބުދާރީވާން މުއްދަތެއް ދިނުމަށް ވެސް އެދިލައްވާފައެވެ. 

"އެހެންކަމުން، އެޝަކުވާތަކަކީ ކޮބައިކަން ވަރަށް އަޅުގަނޑަށް އަންގަވާލަ ދެއްވުން އެދެން. އަދި އެޔާއިއެކު އެ ޝަކުވާތަކަށް ޖަވާބު ދިނުމަށް މުއްދަތެއްވެސް ދެއްވާއެދެން،" -ޑރ. އިޔާޒް-

އެ ސިޓީގައި ޑރ. އިޔާޒު ވަނީ އޭނާ އަކީ އިސްލާހަށް މަސައްކަތް ކުރާ މީހެއްކަމަށެވެ. އަދި ބުނަންވާ ހައްގުބަސް މޫނަކަށް ކަނދުރާއަކަށް ބެލުމެއްނެތި، ބުނަމުން ގެންދާނެކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. 

"(އިންޝާއަﷲ) މިކަމުގެ ސަބަބުން ޔުނިވަސިޓީގެ ޢިއްޒަތާއި ކަރާމާތް ދާނީ މަތިވެރި ވަމުން. ޙަޤީޤަތް ޤަބޫލް ކުރައްވާ. ބަޔަކަށް ރިވެތި ކަންތައް ހުތުރުވެ، ހުތުރުކަންތައް ރިވެތިވާ އުޞޫލުން ޤައުމުގެ އެންމެމަތީ އެކަޑެމިކް މުއައްސަސާއިން ޢަމަލު ކުރެއްވުމަކީ ވަރަށް ދަށުދަރަޖައިގެ ކަމެއްކަން ހިތާމައާއި އެކު ފާހަގަ ކުރަން،"

ޑރ. އިޔާޒު ސަސްޕެންޑު ކޫރީ ސޯސަލް މީޑިއާގައި ފަތުރަމުން ގެންދާ ހިޔާލުތަކަކާއި ގުޅިގެން ލިބުނު ޝަކުވާތަކެއްގެ މައްޗަށް ބެލުމަށްފަހުކަމަށް ބުނާއިރު، ޑރ. އިޔާޒު ގެންދަވަނީ ރާއްޖޭގައި މިސްކިތްތަކުގައި ގައިދުރުކޮށް ސަފު ހެދުމާއި ދެކޮޅަށް އަޑު އުފުލައްވަވާ ސޯޝަލް މީޑިއާގައި ވާހަކަ ދައްކަވަމުންނެވެ. 

ކޮވިޑް 19 ގެ ހާލަތު ގޯސް ވުމުގެ ސަބަބަބުން މާލޭ ސަރަހައްދުގައި އުމުރުން ދުވަސްވީ މީހުން މިސްކިތްތަކަށް ނުދިއުމަށާއި، މިސްކިތްތަކުގައި ގައިދުރުކޮށް ސަފު ހެދުމަށް އިސްލާމިކް މިނިސްޓްރީން އަންގާފައެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް