ads
މެޑިފްލެކްސް--
މެޑިފްލެކްސް އިން ޕީސީއާރު ޓެސްޓްގެ އަގު ހެޔޮކޮށްފި
އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮވިޑާއި ގުޅޭ ޕީސީއާރު ޓެސްޓް ހެދުމުގެ ހިދުމަތް ދޭން ފެށި މެޑިފްލެކްސް އިން، އެ ޓެސްޓް ހަދައިދޭ އަގު ބޮޑުތަނުން ހެޔޮކޮށްފި އެވެ.

ދުނިޔޭގެ އިތުބާރު ހޯދާފައިވާ، އެމެރިކާގެ މަޝްހޫރު ތާމޯފިޝާ ސައިންޓިފިކްގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮވިޑަށް ޓެސްޓް ކުރަމުން އަންނަ ލެބުން ބުނީ، މިއަދުން ފެށިގެން އެ ލެބަށް ގޮސްގެން ޕީސީއާރު ޓެސްޓް ހަދާ އެންމެނަށް 700ރ. އަށް ޓެސްޓް ހަދައިދޭނެ ކަމަށެވެ. ކުރިން އެ އަގު އުޅުނީ 1،000ރ.ގަ އެވެ. ޓެސްޓް ކުރުމުގެ އަގުގެ ތެރޭގައި، ލެބް ޓެސްޓްގެ އިތުރަށް ސާންޕަލް ކަލެކްޝަނަށް ބޭނުންކުރާ ތަކެތީގެ އަގު ހިމެނޭ ކަމަށް މެޑިފްލެކްސް އިން ބުނެ އެވެ.

"އަޅުގަނޑުމެން ޓެސްޓް ކުރާ އަގު ހެޔޮ ކުރަން ނިންމީ މި ދުވަސްކޮޅު ވަރަށް ބާރަށް ކޮވިޑް ފެތުރެން ފަށާފައި ވުމުން ޕިސީއާރު ޓެސްޓް ހެދުމުގައި މާލޭގައި އުޅޭ އެންމެންނަށް ވެސް ލުއިތަކެއް ހޯދައި ދިނުމަށް. މިހާރު މާކެޓުގައި ހުރި އަގުތަކާ އަޅާ ބަލާއިރު، އަޅިގަނޑުމެން ވާނީ އެންމެ ހެޔޮ އަގުގައި ޕިސީއާރު ޓެސްޓް ހަދައިދޭ ލެބޯޓަރީ އަށް،" މެޑިފްލެކްސްގެ ޗެއާމަން އަހުމަދު ހައިކަލް ވިދާޅުވި އެވެ.

ތާމޯފިޝާގެ މެޝިންތައް ބޭނުން ކޮށްގެން ޓެސްޓް ކުރާއިރު، ކޮވިޑް ޓެސްޓުކުރުމަށް ބޭނުންކުރާ ޕީސީއާރު ޓެސްޓް ކިޓު ތަކަކީ އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ޑަބްލިއުއެޗްއޯގެ އެޕްރޫވަލް ލިބިފައިވާ ކިޓުތައް ކަމަށް މެޑިފްލެކްސް އިން ބުނެ އެވެ.

ހެލްތު މިނިސްޓްރީގެ ހުއްދަ އާއި އެކު ހިންގަމުން އަންނަ މެޑިފްލެކްސް ލެބޯޓަރީ ހުންނާނީ ކަނބާ އައިސާ ރަނި ހިނގުމުން އައިޖީއެމްއެޗް ހޮސްޕީޓަލް ކުރިމައްޗަށްވާ ގޮތަށް، މ. ކޮޓޭޖްގެ ގްރައުންޑް ފްލޯގަ އެވެ. ލެބޯޓަރީ 24 ގަޑިއިރަށް ހުޅުވާފައި ހުންނާނެ ކަމަށް މެޑިފްލެކްސް އިން ބުނެ އެވެ.

އާއްމު ރައްޔިތުންނާއި ފަތުރުވެރި ކަމުގެ ސިނާޔަތަށް ވެސް ހުޅުވާލެވިފައިވާ މެޑްފްލެކްސް އިން ޓެސްޓް ހަދާތާ ގިނަވެގެން 12 ގަޑިއިރުގެ ތެރޭގައި ނަތީޖާ ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި އެކްސްޕްރެސް ހިދުމަތް ހޯދާ ނަމަ، އިތުރު ޗާޖަކާއި އެކު ގިނަވެގެން ހަ ގަޑިއިރުގެ ތެރޭގައި ނަތީޖާ ލިބޭގޮތަށް ޓެސްޓް ހެދުމުގެ އިންތިޒާމް ހަމަޖެހޭނެކަމަށް މެޑްފްލެކްސް އިން ބުނެ އެވެ.

މެޑިފްލެކްސް އިން ބުނީ ފަތުރުވެރިންގެ ސާމްޕަލް ފޮނުވުމުން މާލެ އާއި ހުޅުމާލޭގެ އިތުރުން އެއާޕޯޓުން ސާންޕަލްތަކާއި ހަވާލުވާނެ ކަމަށެވެ. ޓެސްޓްގެ ނަތީޖާ ކަސްޓަމަރު ބޭނުންވާނަމަ އީމެއިލް ކޮށްދޭނެ ކަމަށް މެޑްފްލެކްސް އިން ބުނެ އެވެ.

އިތުރު މައުލޫމާތު ބޭނުންވާނަމަ، 3308020 އަށް ގުޅުމުން ނުވަތަ [email protected] އަށް އީމެއިލް ކުރުމުން އެ މައުލޫމާތު ފޯރުކޮށްދޭނެ އެވެ. އަދި މެޑިފްލެކްސްގެ ވެބްސައިޓް، www.mediflex.mv އިން އިތުރު މައުލޫމާތު ލިބޭނެ އެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް