ads
ބޮންޑޭ
ޕީސީބީއަށް ހަވާލުކޮށްފައިވާ ގާނޫނީ ޒިންމާ އަދައެއް ނުކުރޭ: ބޮންޑޭ
ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި މޮނިޓާ ކުރުމުގެ މަސައްކަތަށް ހާއްސަކޮށްގެން 2013 ވަނަ އަހަރު ގާނޫނެއް ވުޖޫދުކުރެވި، ޕީސީބީ އުފެއްދި ފަހުން 6 އަހަރު ފާއިތުވެދާއިރުވެސް ޕީސީބީއަށް ހަވާލު ކުރެވިފައިވާ ގާނޫނީ ޒިންމާ އެންމެ ފުރިހަމައަށް އަދާ ނުކުރާކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ބޮންޑޭ ވަނީ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީގައިވެސް މިކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން ބޮންޑޭ ވިދާޅުވެފައިވަނީ، ދައުލަތައް އަމާޒުވާ ހިޔާނާތުގެ ތުހުމަތުތައް ފެންމަތިވެގެން އަންނަނީ ޕީސީބީން ގާނޫނީ ޒިންމާ އަދާނުކޮށް އޮތުމުން ކަމަށާއި، ގަނޫނޫން މަތިކޮށްފައިވާ ގަވާއިދުތައް މިހާތަނަށްވެސް ނުހަދައި އޮތުމުން ކަމަށެވެ. 

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ބޮންޑޭ ވިދާޅުވީ، މިސަރުކާރު އައިފަހުން އެންމެ ފުރަތަމަ 2019 ވަނަ އަހަރު ޕީސީބީގެ ރައީސް ކަމުގެ މަގާމުގައި އޭރު ހުންނެވި ބޭފުޅާ މަގާމުން ވަކިކުރީ، ގަވާއިދުތައް ނުހަދައި ގިނަ ދުވަސްތަކެއް ވެފައިވާތީ ކަމަށާއި، އޭފެ ފަހުން ރައީސްކަމުގެ މަގާމުގައި ހުންނެވި ބޭފުޅާވެސް އެ ގަވާއިދުތައް އެކުލަވާނުލައި އިސްތިއުފާދެއްވީ ކަމަށެވެ. 

ބޮންޑޭ ވިދާޅުވީ، އެކަމަކީ މިހާރުން މިހާރަށްވެސް ހައްލުކުރަން ޖެހިފައިއޮތް މައްސަލައެއް ކަމަށާއި، އެ ގަވާއިދުތައް ނުހަދައި އޮތުމުން މަޖިލީހުގެ ކޮމެޓީއަށް ވެސް ބޮޑެތި ދަތިތަކަކާއި ކުރިމަތިލާން ޖެހޭކަމަށެވެ. 

ބޮންޑޭ ވަނީ އިއްޔެ ބޭއްވި އެސްއޯއީ ކޮމިޓީގެ ބައްދަލުވުމުގައި، އެ ގަވާއިދުތައް ދެއަހަރު ވީއިރުވެސް ނުހަދައި އޮތީ ކޮން ސަބަބަކާއި ގުޅިގެންތޯ ސުވާލު އުފައްދަވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް