ads
ފޮޓޯ: ފަހި ދިރިއުޅުން ކޯޕަރޭޝަން
ހުޅުމާލޭގައި 2000 ހައުސިން ޔުނިޓު އަޅަން އެއްބަސްވުމުގައި ސޮއިކޮށްފި
ހުޅުމާލޭގެ ފޭސް ދޭއްގައި 2000 ސޯޝަލް ހައުސިންގް ޔުނިޓު އެޅުމަށް ދިވެހި ސަރުކާރުގެ ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާއި އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ޖޭއެމްސީ ކުންފުންޏާއެކު ފަހި ދިރިއުޅުން ކޯޕަރޭޝަނުން މިއަދު ވީ އެއްބަސްވުމުގައި، އެ ކުންފުނީގެ ފަރާޓުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސަލަފިއްޔާ އަންވަރެވެ. އަދި ޖޭއެމްސީ ކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ކައްރީސުދައްކަރަ ރެޑީ އެވެ. 

މިއަދު ސޮއި ކުރި އެއްބަސްވުމުގެ ދަށުން ތިން ކޮޓަރިއާއި ތިން ފާހަނައިގެ 1400 ޔުނިޓާއި، ދެ ކޮޓަރިއާއި ދެ ފާހަނައިގެ 600 ޔުނިޓު އިމާރާތް ކުރާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނެއެވެ. އަދި މި ޕްރޮޖެކްޓުގެ ޖުމުލަ ހަރަދު 137 މިލިއަން ޑޮލަރަށް ވުރެ ބޮޑު ނުވާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ފާޙަގަ ކުރެއެވެ.

މިމަޝްރޫއަށް ފައިނޭންސް ކުރާނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނަކުން ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނެއެވެ. މި ޕްރޮޖެކްޓު ނިންމުމަށް ވަނީ ތިން އަހަރާއި އެއްމަހުގެ މުއްދަތެއް ދީފައެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑަކީ ދިވެހިންނަށް އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން 2019 ވަނަ އަހަރުގެ މާޗް މަހު ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް