ads
ކަންގަނާ--
މާސްކް ނާޅާއި ބޭރުގައި އުޅޭތީ ކަންގަނާއަށް ފާޑުކިޔަނީ
ބޮލީވުޑުގެ މަޝްހޫރު ތަރި، ކަންގަނާ ރަނައުތު، މާސްކް ނާޅާއި އެއާޕޯޓަށް ދިޔުމުން ފާޑުކިޔުން އަމާޒުކޮށްފި އެވެ.

ކަންގަނާ އިއްޔެ ވަނީ މުމްބާއީ އެއާޕޯޓަށް ގޮސްފަ އެވެ. އެ ސަރަހައްދުގައި އެ ވަގުތު ޕަޕަރާޒީންވެސް އުޅުނުއިރު އާންމުވެފައިވާ ވީޑިއޯތަކުން ފެންނަނީ ކާރުން ފައިބާ އިރު ވެސް ކަންގަނާ މާސްކް ނާޅާއި ހުރި މަންޒަރެވެ. އަދި އެއާޕޯޓަށް ވަންނަން ދިޔައިރު ވެސް މާސްކް ނާޅާއި ހުރިއިރު އޭނާ ވަނީ އެގޮތަށް ހުރެގެން ފޮޓޯއަށް ވެސް ހުއްޓިފަ އެވެ.

އެއާއެކު ބައެއް ފިލްމީ ތަރިންގެ ފާޑުކިޔުން ވެސް އަމާޒުވި އެވެ. އެގޮތުން ޓީވީ ތަރި، ކިޝްވަރު، ކަންގަނާއަށް ދިމާކޮށްލީ އޭނާ އަބަދުވެސް މާސްކް ނާޅާއި އުޅެނީ ކީއްވެތޯ ސުވާލު އުފައްދާފަ އެވެ. 

ކޮވިޑް-19 ގެ ކޭސްތައް އިންޑިއާގެ އެކި ސަރަހައްދުތަކުގައި އިތުރުވަމުންދާއިރު މާސްކް ނާޅާއި ބޭރަށް ނިކުތުމުން ބައެއް މީހުން ވެސް އޭނާއަށް ފާޑުކިޔެވެ. އެކަމަކު "ކްއީން" ގެ ތަރީގެ ދިފާއުގައި އޭނާގެ ސަޕޯޓަރުން ނިކުތެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް