ads
ޑރ. މުހައްމަދު އިޔާޒް
ރައީސް ސޯލިހުއަށް ވަރަށް ބޮޑަށް ތާއީދު ކުރަން: ޑރ. އިޔާޒް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއަށް ވަރަށް ބޮޑަށް ތާއީދުކުރައްވާކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް މިކަން ހާމަކުރެއްވީ ސީއެމްއެންގެ އިތުރުކާފު ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުންނެވެ. 

ޑރ. އިޔާޒް ވިދާޅުވީ، ރައީސް ސޯލިހުގެ ބައެއް ސިޔާސަތުތަކަށް ހިލާފު ވީކަމުގައި ވިޔަސް ޖުމްލަގޮތެއްގައި އެމަނިކުފާނުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ކަމަށެވެ. އަދި އެވާހަކަ ދައްކަވާތީ ބައެއް ފަރާތްތައް އެބޭފުޅާދެކެ ރުޅި އަންނަ ކަމަށާއި، ނަމަވެސް އެކަމަށް ފަރުވާލެއް ނެތްކަމަށެވެ. 

ޑރ. އިޔާޒް ވިދާޅުވީ، ރައީސް ސޯލިހު އަކީ އެބޭފުޅާގެ ހަޔާތުގައި ދުއް އެންމެ ރަނގަޅު، އެންމެ ސޯލިހު، އެންމެ ގާބިލު، އެންމެ ކެތްތެރި އަދި އެންމެ ގިނައިން މަޝްވަރާ ކުރައްވާ ވެރިއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށެވެ. އަދި ރައީސް ސޯލިހުގެ ޒައާމަތުގައި ދީނީ އިލްމުވެރިންނަށް، މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަރަށް ފުޅާ ދާއިރާއެއްގައި މަގު ތަނަވަސް ކޮށްދެއްވާފައިވާ ކަމަށްވެސް ޑރ އިޔާޒް ވިދާޅުވިއެވެ. 

މީގެއިތުރުން ޑރ. އިޔާޒް ވިދާޅުވީ، ރައީސް ސޯލިހުގެ އެގޮތުގައި ހުންނެވިކަމުގައި ވިޔަސް، ބައެއް ބާރުތަކުން ދީނީ އިލްމުވެރިންގެ މައްސައްކަތްތަކަށް ހުރަސްއަޅާ ކަމަށެވެ. އެގޮތުން ޔުނިވާސީގެ އިސް ވެރިންނަށްވެސް ތިއްބެވީ އެފަރާތްތަކުގެ ބާރު އޮންނަ ބޭފުޅުން ކަމަށާއި، ދީނީ އިލްމުވެރިންގެ މަސައްކަތްތަކަށް ހުރަސް އެޅުމަށް އެބޭފުޅުންނަށް ކުރެވެން ހުރި ކަމެއް ކުރައްވަމުން ގެންދަވާކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ. 

ޑރ. އިޔާޒް ވިދާޅުވީ، އެބޭފުޅުން ކިތަންމެ ބައިވަރު ހުރަސްތަކެއް އެޅުއްވި ކަމުގައި ވިޔަސް، ﷲ ގެ ރަހުމަތާއިއެކު އެކަންކަން ގިރާކުރާނެ ކަމަށާއި، އެބޭފުޅުންނަށް އެޅޭނެ އެއްވެސް ފިޔަވަޅެއް ނޯންނާނެ ކަމަށެވެ. އަދި ﷲ ތައާލާގެ ބާރަށް ވުރެ އެބޭފުޅުންގެ ބާރި ގަދަ ނުވެވޭނެ ކަމަށްވެސް ޑރ. އިޔާޒް ވިދާޅުވިއެވެ. 

މީގެއިތުރުންވެސް ޑރ. އިޔާޒް ވަނީ، އެމްއެންޔޫގެ ލެކްޗަރާކަމުގެ މަގާމުން އެބޭފުޅާ ސަސްޕެންޑް ކުރި މައްސަލައަށް އަޅުއްވާލައްވައި ވާހަކަ ދައްކަވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް