ads
ސްކޮޓް އަދި އޭނާގެ އައު ފިރިމީހާ
އަންހެން ބިލިއަނަރެއް ދަރިފުޅު އުޅޭ ސްކޫލުގެ ސައިންސް ޓީޗަރަކާ ކައިވެނިކޮށްފި
އަންހެން ބިލިއަނަރެއް ކަމަށްވާ މެކްކެންޒީ ސްކޮޓް އޭނާގެ ދަރިފުޅު އުޅޭ ސްކޫލުގެ ސައިންސް ޓީޗަރަކާ ކައިވެނިކޮށްފިއެވެ.

ދުނިޔޭގެ އެންމެ މުއްސަނދި އަންހެނުންގެ ލިސްޓުގައި ހިމެނޭ ސްކޮޓްގެ ރައުސް މާލުގައި 53 ބިލިއަން އެމެރިކާ ޑޮލަރު އެބަހުއްޓެވެ. 

އޭނާ ކައިވެނި ކުރި ޓީޗަރުގެ ނަމަކީ ޑޭން ޖުވެޓް ކަމަށް ގިވިން ޕްލޭޖެސް ވެބްސައިޓުގައި ބުނެފައިވެއެވެ. 

އޭނާގެ ރައުސް މާލުން 4.2 ބިލިއަން ޑޮލަރު ޗެރިޓީއަށް ދިނުމަށް ވެސް ވަނީ ނިންމާފައެވެ. އޭގެތެރޭގައި ފަގީރުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމާއި، ކަޅު ނަސްލުގެ މީހުންނަށް ކިޔަވައިދޭ ކޮލެތަކަށް އެހީވުން ހިމެނެއެވެ.

ސްކޮޓް އަކީ އެމަޒޮންގެ ފައުންޑާ ޖެފް ބެންޒޯސް ގެ ކުރީގެ އަންހެނުންނެވެ. އެ ދެމީހުން 25 އަހަރު ވަންދެން ކައިވެނިކޮށްގެން އުޅުމަށް ފަހު ވަރިވީ 2019 ވަނަ އަހަރުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް